އިޒްރޭލާއި އެމެރިކާއިން އީރާނުގެ އިންޖީނުގެ ތަކަށް ހަމަލާދޭން ފަށައިފި؛ ތެހެރާންގެ ބޮޑުބަޔަކުން ކަރަންޓް ކެނޑިއްޖެ!
އެމެރިކާ އާއި އިޒްރޭލުން އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ދިން ހަމަލާތަކަކާ ގުޅިގެން ވެރިރަށް ތެހެރާނާއި ކަރަޖްގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ މުހިންމު ކަރަންޓު ފޯރުކޮށްދޭ މަރުކަޒުތަކަށެވެ.
އީރާނުގެ މިނިސްޓްރީ އޮފް އެނާޖީން މައުލޫމާތު ދޭ ގޮތުގައި، ތެހެރާނާއި، ތެހެރާން ޕްރޮވިންސްގެ އިތުރުން އަލްބޯރްޒް ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކުގެ ކަރަންޓު ވިއުގައަށް ދިން ހަމަލާތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތަށް ވަނީ ބުރޫއަރާފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި ކަރަންޓު މަރާމާތުކުރުމުގެ މަސައްކަތް އިންޖިނިއަރުން މިހާރު ދަނީ ކުރަމުންނެވެ.
އީރާނުގެ ޑެޕިއުޓީ މިނިސްޓަރ ފޯ އެނާޖީ މުސްތަފާ ރަޖަބީ މަޝްހަދީ ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން ވިދާޅުވީ، ކަރަޖް ސިޓީއަށް ވަންނަ ދިމާލުގައި ހުރި ކަރަންޓު ޓަވަރަކަށް ހަމަލާގެ އެތިކޮޅުތައް ވަނީ އަރާފައި ކަމަށެވެ. ކަރަޖް އަކީ ތެހެރާނުގެ ހުޅަނގު އުތުރުގައި އޮންނަ ސިޓީއެކެވެ.
Ads by BMLމީގެ އިތުރުން މަޝްހަދީ ވިދާޅުވީ މިރޭ ދިން ހަމަލާތަކުގެ ސަބަބުން ތެހެރާނުގެ އިރުމަތީ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ ސަބްސްޓޭޝަނެއް ހަލާކުވެފައިވާ ކަމަށެވެ. ނަމަވެސް، އާންމު ރައްޔިތުން "ކަންބޮޑުނުވުމަށް" އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
އީރާނުގެ ހަކަތައާ ބެހޭ ވުޒާރާއިން ބުނީ ކަރަންޓުގެ މައްސަލަ ހައްލުކޮށް، އަލުން ހިދުމަތް ދިނުމަށް މެދުކެނޑުމެއްނެތް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
Ads by MACL
