ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުވައިތުގެ ފެނާއި ކަރަންޓަށް ހަމަލާދިނީ އަހަރެމެނެއް ނޫން، އެ ހަމަލަތައް ދިނީ އިޒްރޭލުން: އީރާން

ކުވައިތުގެ ފެނާއި ކަރަންޓަށް ހަމަލާދިނީ އަހަރެމެނެއް ނޫން، އެ ހަމަލަތައް ދިނީ އިޒްރޭލުން: އީރާން

ކުވައިތުގެ ފެން އުފައްދާ މަރުކަޒުތަކަށާއި ކަރަންޓުގެ ނިޒާމަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކަކީ އީރާނުން ދީފައިވާ ހަމަލާތަކެއް ނޫން ކަމަށް ބުނެ، އެ ހަމަލާތަކުގެ ޒިންމާ އިޒްރޭލުގެ ބޮލުގައި އީރާނުން އަޅުވައިފި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުވައިތުގެ ފެން ސާފުކުރާ މަރުކަޒުތަކަށް ޒަޔަނިސްޓް ދައުލަތުގެ ސިފައިން ދީފައިވާ ނުރައްކާތެރި އަދި ޣައިރު ގާނޫނީ ހަމަލާތަކަކީ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުގެ ދަށުދަރަޖައިގެ އަމަލުތައް ހާމަވެގެންދާ ކަމެއް ކަމަށެވެ.

"ޒަޔަނިސްޓް އިސްތިއުމާރީ ބާރުތަކުން ކުވައިތުގެ ފެން އުފައްދާ މަރުކަޒުތަކަށް ދިން އިންސާނިއްޔަތާ ހިލާފު މި ހަމަލާ ރިވޮލިއުޝަނަރީ ގާޑުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އީރާނުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަލާއާ ގުޅިގެން އީރާނުން ބުނެފައިވަނީ މިއީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް އިޒްރޭލުން ހިންގާފައިވާ ލާއިންސާނީ އަމަލެއް ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިޒްރޭލުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.