ސައުދިއާ އިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި
ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މި މުނާސަބަތާ ގުޅިގެން ހޯމަ ދުވަހު ރާއްޖެއަށް އައި އެ އެއާލައިންގެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހާއްސަ މަރުހަބާއެއް ކިޔާފައެވެ.
ސައުދިއާ އިން ރާއްޖެއަށް އެންމެ ފުރަތަމަ ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ 30 މާރިޗު 2016 ގައެވެ. މިވީ 10 އަހަރު ދުވަހުގެ ތެރޭގައި އެ އެއާލައިނުން ވަނީ ރާއްޖެއާއި ސައުދީ އަރަބިއާއާ ދެމެދު ދަތުރުފަތުރުގެ މުހިންމު ދައުރެއް އަދާކޮށްފައެވެ.
Ads by BMLއަހަރު ފާހަގަކުރުމުގެ ގޮތުން އަންގާރަ ދުވަހު ރާއްޖެ އައި ސައުދިއާގެ ފްލައިޓް، SV838 ގެ ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މީގެ އިތުރުން، އެ އެއާލައިނުން މިއަދު ފުރި ފަސިންޖަރުންނަށްވެސް ވަނީ މި މުނާސަބަތާ ގުޅޭ ހާއްސަ ހަދިޔާތަކެއް ބަހާފައެވެ.
ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ސައުދިއާ އިން ރާއްޖެއަށް ކުރަމުންދާ ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. ވަކިން ހާއްސަކޮށް، މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މި ދަތުރުތައް ވަނީ ބޮޑު ބާރަކަށް ވެފައެވެ.
މި ދަތުރުތަކުގެ ސަބަބުން ހަމައެކަނި ފަތުރުވެރިކަމަށް ނޫން ނަމަވެސް، ދިވެހިރާއްޖެ އާއި ސައުދީ އަރަބިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި އިޖުތިމާއީ ގުޅުންތައް ވަނީ ކުރިއަށްވުރެ ބޮޑަށް ބަދަހިވެގެން ގޮސްފައެވެ.
Ads by MACL
