ޚާރްޖް އައިލެންޑަށް އަރަން އުޅުނު އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ސިފައިންނާއި އެކު އީރާނުން އަތުލައިގެންފި
އީރާނުގެ ޚާރްޖް އައިލެންޑަށް އަރައިގަންނަން މަސައްކަތް ކުރި އެމެރިކާގެ 82 ވަނަ އެއާބޯން ޑިވިޜަންގެ ހެލިކޮޕްޓަރެއް، އޭގައި ތިބި ސިފައިންނާއެކު އީރާނުގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. މި ޚަބަރު ފެތުރިފައިވަނީ އީރާނުގެ މީޑިއާތަކުން ދެއްކި އިންޓަވިއުއަކުންނެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އިންޓަރޮގޭޓަރަކު، އަތުލައިގަނެވުނު ކަމަށް ބުނާ އެމެރިކާ ސިފައިންގެ މީހަކާ ސުވާލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއްގައިވާ ގޮތުން، އެމެރިކާ ސިފައިންގެ މި މިޝަނަކީ ޚާރްޖް އައިލެންޑުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމެވެ.
"މި މިޝަނުގެ ބޭނުމަކީ ރަށުގައި އަސްކަރީ ބޭހެއް ހެދުން،" އަތުލައިގަނެވުނު ކަމަށް ބުނާ ސިފައިންގެ މީހާ ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
Ads by BMLމި ހާދިސާއާ ގުޅޭގޮތުން އެމެރިކާގެ ދިފާއީ ވުޒާރާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. މިއީ މިހާރު ހިނގަމުންދާ ކަމަކަށްވާތީ، މި ހާދިސާގެ ހުރިހާ ތަފްސީލެއް އަދި މިނިވަން ފަރާތްތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އީރާނުގެ މީޑިއާތަކުން މި ޚަބަރު ފަތުރަމުންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ މިކަމުގެ ސަބަބުން ސަރަހައްދީ މަސްރަހަށް އަތުވެދާނެ ބަދަލުތަކަށް ފާރަވެރިވަމުންނެވެ.
Ads by MACL
