ޓްރަމްޕްގެ ސިފައިންނަށް އީރާނުގެ ޚާރްގް އައިލެންޑަށް ގޮސްފި ނަމަ ދެން އެނބުރި ދާންޖެހޭނީ ނަރަކައަށް: ރެޒާ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިފައިން އީރާނުގެ ޚާރްގް އައިލެންޑަށް ފޮނުވަން ނިންމި ނަމަވެސް، އެމީހުން ސަލާމަތުން އެނބުރި ގައުމަށް ގެންދިއުމުގެ އިޚްތިޔާރު ޓްރަމްޕަށް ނޯންނާނެ ކަމަށް އީރާނުގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ރެޒާ އާރިފް ވިދާޅުވެއްޖެ އެވެ.
އާރިފް މިހެން ވިދާޅުވީ ދާދި ފަހުން ދެއްވި ބަޔާނެއްގަ އެވެ. އޭނާ ވަނީ ޓްރަމްޕަށް ވަރުގަދަ އިންޒާރެއް ދެއްވަމުން، އީރާނުގެ ސަރަހައްދަށް ވަދެގަންނަ ބަޔަކަށް ކުރިމަތިވާނެ ބިރުވެރި ނަތީޖާއާއި މެދު ސުވާލު އުފައްދަވާފަ އެވެ.
"ޓްރަމްޕް އޭނާގެ ސިފައިން ޚާރްގް އައިލެންޑަށް ފޮނުވަން ނިންމަފާނެ، ނަމަވެސް އެމީހުން އެނބުރި ސަލާމަތުން ގައުމަށް ގެންދިއުމުގެ ބާރެއް ޓްރަމްޕް އަކަށް ނޯންނާނެ. އެހިސާބުން އެމީހުން ދެން ޖެހޭނީ ނަރައިގެ ހޫނު ަކަމާއި ކުރިމަތިލާން،" އާރިފް ވިދާޅުވި އެވެ.
Ads by BMLއާރިފް އިތުރަށް ސިފަކުރެއްވި ގޮތުގައި އީރާނުގެ އެ ސަރަހައްދަކީ ދުޝްމަނުންނަށް ނަރަކައެއް ފަދަ ތަނަކަށް ވާނެއެވެ.
"އޭގެ ސަބަބަކީ ނަރަކައިން އެއްވެސް މީހަކު އެނބުރި ގެއަކަށް ނާދެވޭނެ،" އޭނާ ވިދާޅުވިއެވެ.
ޚާރްގް އައިލެންޑަކީ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މަރުކަޒެވެ. މި ސަރަހައްދަށް އަމާޒުކޮށް އެމެރިކާއިން ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި، އީރާނުގެ އިސްވެރިން ގެންދަވަނީ އެގައުމުގެ ދިފާއީ ބާރު ދައްކާލުމަށް މިފަދަ ހަރުކަށި ބަޔާންތައް ނެރުއްވަމުންނެވެ.
Ads by MACL
