ޕެޓްރިއަޓް މިސައިލް ސިސްޓަމްތައް މެދުއިރުމައްޗަށް ފޮނުވުމަށް ޓްރަމްޕް އެދުމުން ޕޮލެންޑުން އެކަމަށް އިންކާރުކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޕޮލެންޑްގެ ޕެޓްރިއަޓް މިސައިލް ބެޓެރީތައް މެދުއިރުމައްޗަށް ފޮނުވުމަށް އެދިވަޑައިގަތުމުން، ޕޮލެންޑް ސަރުކާރުން އެކަމަށް ރަސްމީކޮށް އިންކާރުކޮށްފި އެވެ. މިކަން ހާމަވެފައިވަނީ ދާދި ފަހުން ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ޕޮލެންޑުން ދިން ރައްދަކުންނެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ، މެދުއިރުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި ޕޮލެންޑްގެ އަތުގައި ހުރި ޕެޓްރިއަޓް މިސައިލް ސިސްޓަމްތައް އެ ސަރަހައްދަށް ބަދަލުކުރުމަށް އެ ގައުމުގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް ޕޮލެންޑުން ވަނީ އެ ގައުމުގެ ދިފާއީ ސިޔާސަތު ހުރި ގޮތުން އެކަން ކުރެވެން ނެތް ކަމަށް ބުނެފަ އެވެ.
ޕޮލެންޑް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ ޕެޓްރިއަޓް ބެޓެރީތައް ބޭނުންކުރެވެނީ ޕޮލެންޑްގެ ވައިގެ ސަރަހައްދު ރައްކާތެރިކުރުމަށާއި ނޭޓޯގެ އިރުމަތީ ފަޅީގެ ދިފާއީ ކަންކަން ވަރުގަދަކުރުމަށް ކަމަށެޗެ. އަދި އެ ސިސްޓަމްތައް އެހެން އެއްވެސް ތަނަކަށް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.
Ads by BMLމި ނިންމުމަކީ ޕޮލެންޑުން އެ ގައުމުގެ ގައުމީ ސަލާމަތަށް އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ. ހާއްސަކޮށް ޔޫރަޕްގެ މަސްރަހު މިހާރު އޮތް ގޮތުން، ނޭޓޯގެ އިރުމަތީ ބޯޑަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ޕޮލެންޑަށް ނުހަނު މުހިންމު ކަމެކެވެ.
ޓްރަމްޕްގެ އެދިވަޑައިގަތުމަށް ޕޮލެންޑުން މިފަދަ ހަރުކަށި ޖަވާބެއް ދިނުމަކީ ބައިނަލްއަގުވާމީ މީޑިއާތަކުގައި ސަމާލުކަން ލިބިފައިވާ ކަމެކެވެ. މިއީ އެމެރިކާގެ އެދުމަކަށް ޕޮލެންޑުން ފާޅުގައި ނޫނެކޭ ބުނި މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.
Ads by MACL
