ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކައުންސިލް އިންތިޚާބު އޮންނަ ދުވަހު، މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތައް އާއްމުކޮށްފި

ކައުންސިލް އިންތިޚާބު އޮންނަ ދުވަހު، މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތައް އާއްމުކޮށްފި

އޭޕްރިލް މަހުގެ 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން، ގްރޭޓަރ މާލެ ސަރަހައްދުގެ މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ބައެއް ކެޓަގަރީގެ އުޅަނދުތައް ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައި، އެކަން އާއްމުކޮށް އިޢުލާންކޮށްފި އެވެ.

04 އޭޕްރިލް 2026 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތު ކަނޑައެޅުމާ ގުޅޭ

ދުއްވުން މަނާ އުޅަނދުތަކާއި ވަގުތު


ޓްރާންސްޕޯޓް މިނިސްޓްރީން ނެރެ އާންމުކުރި ގެޒެޓުގައި ބުނެފައިވާ ގޮތުގައި، 04 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށް ބަރު އުޅަނދުތަކުގެ ތެރެއިން ވަކި ކެޓަގަރީތަކެއްގެ އުޅަނދު ދުއްވުމަކީ މަނާކަމެކެވެ. މީގެ ތެރޭގައި ހިމެނެނީ C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދުތައް ހިމެނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ މި ނިންމުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" (ޤާނޫނު ނަންބަރު: 2009/5) ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެހެން ނަމަވެސް، މި މަނާ ވަގުތުތަކުގައި ވެސް ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް ދުއްވުމަކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޤާނޫނީ ފިޔަވަޅު އެޅުން


މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ހަރުކަށި ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ. މި ނިންމުމަކީ އިންތިޚާބު ބާއްވާ ދުވަހު މަގުމަތީގެ ކަންކަން އިންތިޒާމުވެގެން ދިއުމަށް އެޅި ފިޔަވަޅެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.