ހަބަރު ހުސްވެފައިއޮތް 21 އަހަރުގެ ދިވެހި ޒުވާން އަންހެނަކު ވިނަރެސް ފްލެޓަކުން ފެނިއްޖެ، އިތުރު ފަރުވާއަށް ހޮސްޕިޓަލަށް!
ހުޅުމާލެ ވިނަރެސް ފްލެޓެއްގެ ތެރެއިން ރޯ އަޑު އިވިގެން ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ދޮރު ވައްޓާލައި ބެލިއިރު ހަބަރު ހުސްވެފައި އޮތް ޒުވާން އަންހެން ކުއްޖަކު ފެނިއްޖެއެވެ.
މިވަގުތު ދަނީ އިތުރު ފަރުވާ ހުޅުމާލޭ ހޮސްޕިޓަލުގައި ދެމުންނެވެ. ފަރުވާ ދެމުންދަނީ 21 އަހަރުގެ ދިވެހިން ޒުވާން އަންހެން ކުއްޖަކަށެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 06:05 ހާއިރުއެވެ. ފުލުހުން އެ އެޕާޓްމަންޓަށް ދިޔައިރު އެތަނުގައި އިތުރު މީހެއް ނެތްކަމަށް ފުލުހުންވަނީ ބުނެފައެވެ.
Ads by BMLމިމައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Ads by MACL
