ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިރާނުގެ ދަގަނޑު ކާރުޚާނާއަކަށް އިޒްރޭލުން ހަމަލާދީފި

އިރާނުގެ ދަގަނޑު ކާރުޚާނާއަކަށް އިޒްރޭލުން ހަމަލާދީފި

އިސްރާއީލުން މިދިޔަ ހަފްތާގައި ބޮން އެޅި އިރާނުގެ އިސްފަހާންގައި ހުންނަ ބޮޑު ދަގަނޑު ކާރުޚާނާއަކަށް އަނެއްކާވެސް ވައިގެ މަގުން ހަމަލާތަކެއް ދީފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އިރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި ޒަޔަނިސްޓް ދުޝްމަނުން ވަނީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން އިސްފަހާންގެ މުބާރަކޭ ސްޓީލް ކޮމްޕްލެކްސްއަށް ދެވަނަ ފަހަރަށް ވައިގެ ހަމަލާތަކެއް އަމާޒުކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ވެސް އިސްރާއީލުން ވަނީ އިސްފަހާންގައި ހުންނަ މި ދަގަނޑު ކާރުޚާނާގެ އިތުރުން އަހްވާޒް ކައިރީގައި ހުންނަ ދެވަނަ ކާރުޚާނާއަކަށް ވެސް ހަމަލާދީފައެވެ. އޭރު އިސްރާއީލުގެ އޮފިޝަލުން ވިދާޅުވީ މި ހަމަލާތަކުގެ މަގްސަދަކީ އިރާނުގެ ސަރުކާރަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދިނުން ކަމަށެވެ.

މި ފަހަރުގެ ހަމަލާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ދެވުނު ހަމަލާއެކެވެ.