ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްވެރިންނަށް ވީވައުދު ރަނުން ރަނަށް، މަސްވެރިކަމަކީ ވަޒީފާއެއް ކަމަށް ބަލައިގަނެ ލުއި ލޯނުތައް މަސްވެރިންނަށް ލިބޭ ގޮތް ހަދައިފި

މަސްވެރިކަމާއި ބެހޭ ވުޒާރާއާއި ބީއެމްއެލްއާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން
މަސްވެރިކަމާއި ބެހޭ ވުޒާރާއާއި ބީއެމްއެލްއާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރުން

ރިޔާސީ އިންތިހާބުގެ ވައުދުގެ ތެރޭގައި ހިމެނޭ މަސްވެރިންނަށް އެހެން މުވައްޒަފުންނޭ އެއްގޮތަށް ލޯން ލިބުމަށް ބީއެމްއެލްއިން ތައްޔާރު ވެއްޖެއެވެ.

މިއީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ ތެރެއިން، މަސްވެރިކަން ވަޒީފާއެއްގެ ގޮތުގައި ބަލައިގަނެ، މަސްވެރިންނަށް ލޯނު ލިބޭނޭ ގޮތް ހައްދަވައިދެވާނެކަމަށް ވެވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މެއި 1 އިން ފެށިގެން ބީއެމްއެލްގެ ފައިނޭންސިންގް ޚިދުމަތް ލިބޭނެ

އެކަމަށްޓަކައި މިއަދު ވަނީ މަސްވެރިކަމާއި ބެހޭ ވުޒާރާއާއި ބީއެމްއެލްއާއި ދޭތެރޭ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިކަމާއި ބެހޭ އުސޫލު ވަރަށް އަވަހަށް ބީއެމްއެލްއިން ހާމަކުރާނެއެވެ.