އޯޓިޒަމް ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދެއްވުމަށް ރައީސް ގޮވާލައްވައިފި
އޯޓިޒަމް ހުންނަ ކުދިންނަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ "ވޯލްޑް އޯޓިޒަމް އެވެއާނެސް ޑޭ" ނުވަތަ ދުނިޔޭގެ އޯޓިޒަމަށް އާންމުން ހޭލުންތެރިކުރުމުގެ ދުވަހާ ގުޅިގެން އެކްސްގައި އާންމުކުރި ޕޯސްޓެއްގަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އޯޓިޒަމް ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު ތިބިކަން ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުއިއްޒު ވަނީ ހާމަކުރަވާފަ އެވެ.
Ads by BMLމިއަދަކީ އޯޓިޒަމްއާ މެދު މުޖުތަމައު ހޭލުންތެރިކުރުވައި، އެފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ.
ދުނިޔޭގެ ޑޯޓިޒަމް ހޭލުންތެރި ކުރުމުގެ ދުވަހާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ އޯޓިޒަމަކީ މުޖުތަމައުގެ މުއްސަނދި ސިންދަފާތުގެ ބައެއްގެ ގޮތުގައި ބަލައިގަނެ، ކޮންމެ ފަރުދަކަށްމެ އުނގެނުމާއި، ކުރިއެރުމާއި، އަދި މުޖުތަމައުގައި ފުރިހަމައަށް ބައިވެރިވުމުގެ ހަމަހަމަ ފުރުސަތުތައް ލިބިދޭންޖެހޭ ކަމަށެވެ. އަދި މީގެ އިތުރުން، އެފަރާތްތަކަށް ބޭނުންވާ އިހުތިރާމާއި، އޯގާތެރިކަމާއި، މާނަހުރި އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޖުތަމައުގެ އެންމެންގެ ޒިންމާއެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ވަނީ އޯޓިޒަމް ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ. އޭގެ ތެރޭގައި ސްކޫލްތަކުގެ އިންކްލޫސިވް އެޑިއުކޭޝަން ނިޒާމު ހަރުދަނާކުރުމާއި، މަސައްކަތުގެ ތަމްރީނު ދިނުމުގެ ފުރުސަތުތައް އިތުރުކުރުމުގެ އިތުރުން، އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އޯޓިޒަމް ހުންނަ ފަރާތްތަކަށް ބޭނުންވާ ކުރީބައިގައި ދެވޭ އެހީތެރިކަން ނުވަތަ "އާލީ އިންޓަވެންޝަން" އެންމެން ބައިވެރިކުރާ ތައުލީމީ ނިޒާމެއްގެ ތެރެއިން އެފަރާތްތަކުގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރުމަކީ ގައުމުގެ އިޖުތިމާއީ އޮނިގަނޑު ވަރުގަދަވެގެންދާނެ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ. އަދި މީގެ ސަބަބުން އެފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެ، އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ މަގު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ބައިނަލްއަގްވާމީ ގޮތުން މިއަދު މި ފާހަގަކުރާ އޯޓިޒަމް ދުވަހުގެ މި މުނާސަބަތުގައި އިހުތިރާމާއި، ގަދަރުވެރިކަމާއި، އަދި ހަމަހަމަ ފުރުސަތުތައް ލިބިދޭ، އަދި އެކަކުވެސް ބާކީނުވާނެފަދަ މުޖުތަމައެއް ބިނާކުރުމުގައި ދެމިތިބުމަށް ހުރިހާ ފަރާތްތަކަކަށްވެސް ރައީސް ވަނީ ގޮވާލައްފާފަ އެވެ.
Ads by MACL
