ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފާއިތުވި 24 ގަޑިއިރުގެ ތެރޭ، އީރާނުން އެމެރިކާ-އިޒްރޭލުގެ ގިނަ އަމާޒުތަކަކަށް ހަމަލާތައް ދީފައިވޭ

ފާއިތުވި 24 ގަޑިއިރުގެ ތެރޭ، އީރާނުން އެމެރިކާ-އިޒްރޭލުގެ ގިނަ އަމާޒުތަކަކަށް ހަމަލާތައް ދީފައިވޭ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އީރާނުން އެމެރިކާ އާއި އިސްރާއީލާ ގުޅުންހުރި މުހިންމު އަމާޒުތަކަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ޔޫއޭއީގެ ކަނޑުގެ ސަރަހައްދުގައި އެމެރިކާއިން ބޭނުންކުރާ ކުރިއާލާ އިންޒާރުދޭ ދެ ރާޑާ ސިސްޓަމެއް ހަލާކުކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އިސްރާއީލާ ގުޅުން އޮންނަ "އަކުއާ ވަން" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާއިރު، އެ އުޅަނދުގައި އަލިފާން ރޯވެ މިހާރުވެސް ދަނީ އަނދަމުންނެވެ. ބަހްރޭންގައި ހުންނަ އެމެރިކާގެ ފަސްވަނަ ފްލީޓްގެ ބޭރުގައި ހުންނަ އެމެރިކާ ސިފައިންގެ ސިއްރު މަރުކަޒަކަށް ގިނަ އަދަދެއްގެ ޑްރޯން އާއި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ވަނީ ހަމަލާދީފަ އެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ޔޫއޭއީގައި ހުންނަ އެމެރިކާ އޮފިސަރުންގެ ސިއްރު މަރުކަޒަކަށް ދިން ހަމަލާގައި ދުސްމަނުންގެ 37 ސިފައިން މަރުވެ، ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް އިންޓެލިޖެންސް ރިޕޯޓްތަކުން ކަށަވަރުވެ އެވެ.

ބަހްރޭނަށް ދިން ހަމަލާއަށްފަހު އެމެރިކާގެ ނޭވީ ޔުނިޓްގެ އިސް އޮފިސަރުންތަކެއް މަނާމާގެ ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

އެމެރިކާގެ އަލް-އަދީރީ ބޭސްގައި ހުންނަ ޗިނޫކް ހެލިކޮޕްޓަރު ތައްޔާރުކުރާ މަރުކަޒަށާއި ހަތިޔާރު ރައްކާކުރާ ގުދަންތަކަށް ވެސް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަނީ ހަމަލާދީފަ އެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާ ކަނޑުގެ އުތުރުގައި އޮތް އެމެރިކާގެ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކޯންއަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯން ފޮނުވާލާފައިވެ އެވެ.

ސެޓެލައިޓް މައުލޫމާތުތަކަށް ބަލާއިރު، މަނަވަރަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކުގެ ސަބަބުން އެމެރިކާގެ އުޅަނދުތައް ވަނީ އިންޑިއާ ކަނޑުގެ ފުން ސަރަހައްދުތަކަށް ފަހަތަށް ޖެހިފައެވެ. މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ.