ގަން އެއާޕޯޓުގައި ދުނިޔޭގެ ފެންވަރުގެ އެންމެ ޒަމާނީ ޑިއުޓީ ފްރީގެ ޚިދުމަތް ދިނުމަށް ތައްޔާރުވަނީ
އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕްރޭޝަނެއް ގާއިމުކޮށް ހިންގުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ މޯލްޑިވްސް ޑިއުޓީ ފްރީގެ ފަރާތުން ކަމާގުޅޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުނެފި އެވެ.
މިއީ ރާއްޖޭގެ ދެކުނުގެ ވިޔާފާރިއާއި ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އެމްއޭސީއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕަރޭޝަނެއް ގާއިމުކޮށް ހިންގުމަށްޓަކައި އެކަމާ ގުޅޭ ފަރާތްތަކުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި، ގަން އެއަރޕޯޓުގައި އެންމެ މަތީ ފަންތީގެ ބައިނަލްއަޤުވާމީ ޑިއުޓީ ފްރީއެއް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ލަގްޒަރީ ރީޓެއިލްގެ ޚިދުމަތް ރާއްޖޭގެ ދެކުނަށް ތަޢާރަފްކުރުން ކަމަށާއި މީގެ ސަބަބުން ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދެކުނުގެ ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، އިޤްތިޞާދީ ދުވެލި ހަލުވިވެގެންދާނެ ކަމަށެވެ.
"އައްޑޫސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕަރޭޝަނެއް ޤާއިމުކޮށް ހިންގުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ މޯލްޑިވްސް ޑިއުޓީ ފްރީގެ ފަރާތުން ކަމާގުޅޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ."
މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤުތިސާދު ފުޅާކުރުމަށާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އެއާޕޯޓު ހިންގާ ކުންފުނި އެމްއޭސީއެލް އިން ބުނެ އެވެ.
މި އޮޕަރޭޝަންގެ ސަބަބުން ރާއްޖޭގެ ދެކުނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބައިނަލްއަގުވާމީ އާ ވައިގެ ރޫޓުތައް ތަޢާރަފްކުރުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި މި ޑިއުޓީ ފްރީ އޮޕަރޭޝަނާއެކު ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް އުފެދިގެންދާނެ އެވެ. އެމްއޭސީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މި ތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރެވިގެންދާނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުންނެވެ. މިއީ ދިވެހި މުވައްޒަފުންނަށް ބައިނަލްއަޤުވާމީ ފެންވަރުގެ ތަޖުރިބާ ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
"އައްޑޫސިޓގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމްކުރުމަށް ތައްޔާރުވަމުން މިދާ ޑިއުޓީ ފްރީ އޮޕަރޭޝަންގެ ސަބަބުން ރާއްޖޭގެ ދެކުނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބައިނަލްއަގުވާމީ އާ ރޫޓުތައް ދެކުނުގެ ވިއުގައަށް ތަޢާރަފްކުރުމުގެ ފުރުސަތުތައް ފަހިވެގެން ދިއުމާއެކު، ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތައް އުފެދިގެންދާނެއެވެ. މި ޑިއުޓީ ފްރީއަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރެވިގެންދާނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުންނެވެ."
އެމްއޭސީއެލް އިން ބުނީ މި މަސައްކަތަކީ އައްޑޫސިޓީގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ގޮތުން ގެންގުޅެމުން އަންނަ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް" ތަސައްވުރުގެ ދަށުން އެޅިގެންދާ އިޤްތިޞާދީ މުހިންމު ފިޔަވަޅެއް ކަމަށާއި އަދި މީގެ ބޭނުމަކީ ރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ދުނިޔެ ގަބޫލުކުރާ ފެންވަރަށް އުފުލާލުން ކަމަށެވެ.
"މިއީ އައްޑޫސިޓީގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ގޮތުން ގެންގުޅެމުން އަންނަ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް" ތަސައްވުރުގެ ދަށުން އެޅިގެންދާ އިޤްތިޞާދީ މުހިންމު ފިޔަވަޅެކެވެ. އަދި މިކަމަކީ ދިވެހިރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ދުނިޔެ ގަބޫލުކުރާ ފެންވަރަށް އުފުލާލުމަށާއި ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދީ، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރޭގައި ރާއްޖޭގެ ދެކުނަކީ މުހިންމު މަންޒިލެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު މުހިންމު ބަހާއެކެވެ."
މި އައު ބަދަލާއެކު، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރޭގައި ރާއްޖޭގެ ދެކުނަކީ މުހިންމު މަންޒިލެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
Ads by MACL
