ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުރީ ކޮންކަމެއްތޯ ނާހާތި، މަސްވެރިކަމަކީ ވަޒީފާއެއް، ރަހުނަކާ ނުލައި 300،000 ރުފިޔާގެ ލޯނު!

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅު ތެރޭގައި ހިމެނޭ މަސްވެރިންނަށް ސަރުކާރުގެ އެހެން މުވައްޒަފުންނެކޭ އެއްގޮތަށް ބީއެމްއެލް މެދުވެރިކޮށް ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސައި އިއުލާންކޮށްފިއެވެ.

ސަރުކާރުން ބުނީ އެ އެއްބާރުލުމުގެ ދަށުން، މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވެ 300,000ރ އާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެ އެވެ. އަދި ފުރަތަމަ ފަހަރަށް، މޫސުމާއިއެކު މަސްވެރިކަމުގެ އާމްދަނީއަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލުތައް އެކުލަވާލެވޭނެ އެވެ.

ޕާސަނަލް ފައިނޭންސިން އަދި ލުއި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބޭންކުގެ އިންޓަނެޓް ނުވަތަ މޮބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕާސަނަލް ފައިނޭންސިންގެ އިތުރުން، ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްފަހު، މަސްވެރިންނަށް ހޯމް ޕާޗޭސް ފައިނޭންސިން، ހޯމް ބިލްޑް ފައިނޭންސިން އަދި ހޯމް ކޮންސްޓްރަކްޝަން ލޯނަށް ވެސް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.