ތާރީޚީ ފެށުމެއް؛ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫގައި ފަށައިފި، ވަރަށް ކާމިޔާބު!
މާލޭގެ ބޭރުން ފުރަތަމަ ފަހަރަށް "ޕްރައިމަރީ ޕީ.ސީ.އައި" ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ފަށައިފި އެވެ. މި ޚިދުމަތުގެ އިތުރުން ހިތުގެ މައްސަލަތަކަށް ބޭނުންވާ "އައި.ސީ.ޑީ" އަދި "ޕާމަނަންޓް ޕޭސްމޭކަރ" ހަރުކުރުމުގެ ޚިދުމަތްވެސް ވަނީ މި ދަތުރުގެ ތެރެއިން ތަޢާރަފުކޮށްފަ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި (އޭއީއެޗް) ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން 2026 މާރިޗު 31 އިން އޭޕްރީލް 2 އަށް ކުރިއަށްގެންދިޔަ ދަތުރަކީ، ރާއްޖޭގެ ދެކުނުގެ ސިއްޙީ ދާއިރާގައި، ވަކިން ހާއްސަކޮށް ހިތުގެ ބަލިތަކަށް ފަރުވާދިނުމުގެ ތާރީޚުގައި ހޯދުނު ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީއެކެވެ.
"ޕްރައިމަރީ ޕީ.ސީ.އައި" ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދެވޭ އަވަސް ފަރުވާގެ ޚިދުމަތް އައްޑޫ ސިޓީގައި ކާމިޔާބުކަމާއެކު ފަށާފައިވާއިރު، މިއީ މާލޭގެ ބޭރުން މި ޙިދުމަތް ފެށި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެ އެވެ. މި ޚިދުމަތުގެ ތެރެއިން ހިތުގެ މައްސަލަތަކަށް ބޭނުންވާ "އައި.ސީ.ޑީ" އަދި "ޕާމަނަންޓް ޕޭސްމޭކަރ" ހަރުކުރުމުގެ ޚިދުމަތްވެސް ވަނީ މި ދަތުރުގެ ތެރެއިން ތަޢާރަފުކޮށްފައެވެ.
Ads by BMLމި މުއްދަތުގެ ތެރޭގައި ޖުމްލަ 11 އެންޖިއޯގްރާމް އާއި 6 އެންޖިއޯޕްލާސްޓީ ހަދައި، ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް ވަނީ ފޯރުކޮށްދީފަ އެވެ. މިއީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ހިތުގެ ބަލިތަކަށް ބޭނުންވާ އަވަސް ފަރުވާގެ ޔަގީންކަން ލިބިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ސިއްޙީ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތެކެވެ. މި ފެށުނު ޚިދުމަތްތަކާއެކު، ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެގެންދާނެ އެވެ.
ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރައްވައި ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާ ޚާއްޞަ އިސްކަމާއި ދެއްވާ އެހީތެރިކަމަށްޓަކައި އެމަނިކުފާނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި މި ޚިދުމަތް ކާމިޔާބުކަމާއެކު ފަށްޓަވައި، ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ނެޝަނަލް ކާޑިއަކް ސެންޓަރުގެ ޓީމުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށްވެސް ވަނީ ޝުކުރު ދަންނަވާފަ އެވެ.
Ads by MACL
