ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު އުފައްދާ ކުންފުނިތަކަށް ހަމަލާދީ ގޮއްވާލައިފި

އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު އުފައްދާ ކުންފުނިތަކަށް ހަމަލާދީ ގޮއްވާލައިފި

އިޒްރޭލުގެ ވެރިރަށް ތަލް އަބީބާއި އީލާތުގައި ހުރި އެ ގައުމުގެ އަސްކަރީ ސިނާއީ ކުންފުނިތަކާއި، ބާރުތައް ޖަމާވެފައިވާ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީ އެ ތަންތަން ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުގެ އިސްލާމީ އިންގިލާބީ ގާޑުން (އައި.އާރު.ޖީ.ސީ) އިއުލާންކޮށްފިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުގެ އަސްކަރީ ގާބިލިއްޔަތު ވަރުގަދަކުރުމަށް މަސައްކަތްކުރާ މަރުކަޒުތަކާއި، ހަނގުރާމަވެރި އާލާތްތައް އުފައްދާ ކުންފުނިތަކަށް މި ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. މިއީ ސީދާ އެ ތަންތަނަށް އަމާޒުކޮށް ދެވުނު ކާމިޔާބު އޮޕަރޭޝަނެއްގެ ގޮތުގައި އީރާނުން ވަނީ ސިފަކޮށްފައެވެ.

މި ހަމަލާތަކާ ގުޅޭގޮތުން އިތުރު ތަފްސީލު ހާމަކުރަމުން އީރާނުން ބުނެފައިވަނީ، ތަލް އަބީބާއި އީލާތަކީ އިޒްރޭލުގެ އަސްކަރީ އަދި އިގްތިސާދީ މުހިންމު މަރުކަޒުތަކެއް ހުންނަ ސަރަހައްދުތަކެއް ކަމަށާއި، މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ހުރި އަސްކަރީ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، މިއީ ފަހަކަށް އައިސް އީރާނުން އިޒްރޭލުގެ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ އެއް ހަމަލާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.