ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަނގުރާމައިގައި އީރާނުން އިތުރަށް ކެތްތެރިވުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ގޮވާލައްވައިފި

ހަނގުރާމައިގައި އީރާނުން އިތުރަށް ކެތްތެރިވުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ގޮވާލައްވައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އީރާނުގެ ސަރުކާރަށް މުހިންމު އިލްތިމާސެއް ކުރައްވައިފި އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ މިހާރު އިޒްރޭލާއި އެމެރިކާ އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އީރާނުން އިތުރަށް ކެތްތެރިކަން އިސްކުރުމަށް ބާރުއަޅުއްވާފަ އެވެ.

"އީރާނުން އިތުރަށް ކެތްތެރިކަން އިސްކުރުމަށް އަޅުގަނޑު ގޮވާލަން" ކިމް ޖޮންގް ވިދާޅުވެފައެވެ.

ކިމް ޖޮންގް ގެ މި ހިތްވަރުދުނުމަކީ ސަރަޙައްދީ ހަމަޖެހުމާއި ގުޅޭގޮތުން އުތުރު ކޮރެއާއިން ދިން މުހިންމު މެސެޖެއްގެ ގޮތުގައި ބެލެވެ އެވެ.

މި ދަނޑިވަޅަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ވަގުތެއްކަމުން، ކިމް ޖޮންގް އުންގެ މި ގޮވާލުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަން ލިބިގެންދާނެ ކަމެކެވެ.

އުތުރު ކޮރެއާ އަކީ ހަނގުރާނަ ފެށުނީއްދުރެ، އީރާނަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ތައްޔާރަށް އޮތް ގައުމެއް ކަަމށް ރިޕޯޓުތައް ބުނެ އެވެ.