އީރާނުގެ މަޖިލިސް ރައީސާއި ޚާރިޖީ ވަޒީރު އަވަހާރަކޮށްލަން އިޒްރޭލުން ރޭވި ރޭވުން އެމެރިކާއިން ހުއްޓުވައިފި
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް އާއި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އަވަހާރަކޮށްލުމަށް އިސްރާއީލުން ރޭވި ރޭވުމެއް އެމެރިކާއިން ހުއްޓުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އިސްރާއީލުން މި ދެ ބޭފުޅުން އަވަހާރަކޮށްލަން ރޭވީ އެ ބޭފުޅުންގެ ދަތުރުފަތުރުތަކާއި ހަރަކާތްތައް ވަރަށް ގާތުން ބަލައި ޓްރެކް ކުރުމަށްފަހުގަ އެވެ.
މި ހަމަލާ ހުއްޓުވުމަށް އެމެރިކާއިން މެދުވެރިވީ، އީރާނުގެ މި ދެ އިސްވެރިން އަވަހާރަކޮށްލައިފިނަމަ ތެހެރާނާއެކު އޮތް ޑިޕްލޮމެޓިކް ހުރިހާ ދޮރުތަކެއް ބަންދުވެގެންދާނެ ކަމުގެ އިންޒާރު ލިބުމާ ގުޅިގެންނެވެ. އެމެރިކާގެ ބާރު އެޅުމާއެކު، ހަމަލާ ދޭން އުޅުނު އެންމެ ފަހު ވަގުތު އިސްރާއީލުން ވަނީ އެކަން މަޑުޖައްސާލާފަ އެވެ.
މިކަމާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިފަދަ ހަމަލާއެއް ދީފިނަމަ އީރާނުގެ ފުރިހަމަ ކޮންޓްރޯލް އެ ގައުމުގެ ހަރުކަށި އައި.އާރް.ޖީ.ސީ ކޮމާންޑަރުންގެ އަތްމައްޗަށް ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް އެމެރިކާއިން ގަބޫލުކުރެ އެވެ. މީގެ ސަބަބުން ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެ، ސުލްހަވެރި ހައްލަކަށް އޮތް ފުރުސަތު ގެއްލިގެންދާނެ ކަމަށް ބެލެވެ އެވެ.
Ads by BMLއިސްރާއީލުން އީރާނުގެ އިސްވެރިންނަށް އަމާޒުކޮށް މިފަދަ ރޭވުންތަކެއް ރާވާފައި މިވަނީ ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އެމެރިކާގެ މި ނިންމުމާއެކު ވަގުތީ ގޮތުން ބޮޑު ކުރިމަތިލުމަކުން ސަލާމަތްވެފައިވާ ކަމަށް މުހައްލިލުން ދެކެއެވެ.
Ads by MACL
