މެމްބަރު ކައްޕިއަށް ސިއްޙީ މައްސަލައެއް ދިމާވެ، އޭޑީކޭ އެމަޖެންސީގައި ފަރުވާދެނީ
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހީމް (ކައްޕި) އަށް ސިއްހީ ކުއްލި މައްސަލައެއް ދިމާވެ އޭޑީކޭ އެމަޖެންސީގައި ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައްޕިއަށް މިފަދަ މައްސަލައެއް ދިމާވީ ރޭގެ ވަގުތެއްގައެވެ.
ކައްޕިއަށް ދިމާވި ސީދާ މައްސަލަ ޔަގީން ވާނީ އިތުރަށް ޓެސްޓްތައް ހަދައިގެން ކަމަށް ކައްޕިއާއި ހަވާލާދީ އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.
Ads by BMLކައްޕިއަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުގެ އިތުރުން އެފްއޭމްގެ ސީނިއާރ ވައިސް ޗެއާމަން އަދި ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ވެސް ސީނިއަރ ވައިސް ޗެއާމަންއެވެ.
Ads by MACL
