ފޭސް 2ގެ އެކަމޮޑޭޝަން ބްލޮކެއްގައި ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ކުރިން މީހުން ދިރިއުޅުނު އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އެމްއެންޑީއެފުން ހަރަކާތްރިވާން ފަށައިއިފި އެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 17:21 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ.
Ads by BMLމި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފުން މިހާރު ދަނީ އަލިފާން ކޮންޓްރޯލް ކުރުމަށާއި، އިތުރަށް އަލިފާން ފެތުރުނަ ނުދިނުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
Ads by MACL
