ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 70 އިންސައްތަ އަށް އަރާނެ

އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 70 އިންސައްތަ އަށް އަރާނެ

މިއަދު ކުރިއަށްދާ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 70 އިންސައްތަ އަށް އަރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތް 63 އިންސައްތައި ގައި ހުރި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، މީގެ ކުރިން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި އާންމުކޮށް ވޯޓުލާން ނުކުންނަނީ 60 އިންސައްތަ އާއި 65 އިންސައްތަ އާ ދެމެދުގެ އަދަދެއްގެ މީހުން ކަމަށެވެ. ނަމަވެސް މިފަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލާ މީހުންގެ އަދަދު 70 އިންސައްތަ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 70 އިންސައްތަ އަށް އަރާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވީ، މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތް 63 އިންސައްތައި ގައި ހުރި ކަމަށެވެ.