އެމްޑީޕީ މެޖޯރިޓީ އޮންނަ އުކުޅަސް ކައުންސިލުގެ މެޖޯރިޓީ މިފަހަރު ޕީއެންސީއަށް
އެމްޑީޕީގެ މެޖޯރިޓީ އޮންނަ އއ. އުކުޅަހު ކައުސިލްގެ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީން ހޯދައިފިއެވެ.
އުކުޅަހު ކައުންސިލަށް ބަލާއިރު، މިއަދު ބޭއްވި އިންތިހާބުގައި ކައުންސިލްގެ ރައީސް، މެމްބަރު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީއެވެ.
ކައުންސިލްގެ ރައީސްކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަލީ ވަހީދު އާއި އެމްޑީޕީގެ ކެނޑިޑޭޓް ޝައުކަތު އިބްރާހިމާއި ދެމެދެ މާ ބޮޑު ފަރަގެއް ނެތެވެ.
Ads by BMLއެ ރަށުގައި މީގެ 18 އަހަރު ކުރިން ފަށައިގެން ވެސް އޮންނަނީ އެމްޑީޕީގެ ވެރިކަމެކެވެ.
Ads by MACL
