ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވަރަށް ފަޚުރުވެރި ކާމިޔާބެއް؛ 15 އަހަރަށްފަހު ކޮލަމާފުށީ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއަށް

ވަރަށް ފަޚުރުވެރި ކާމިޔާބެއް؛ 15 އަހަރަށްފަހު ކޮލަމާފުށީ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއަށް

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ގއ. ކޮލަމާފުށީ ކައުންސިލްގެ ރައީސްގެ މަގާމު، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރެއްވި މުސާދު ސައީދު ކާމިޔާބު ކުރައްވައިފި އެވެ.
މިއީ ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގެ ކައުންސިލްގެ ރައީސްކަން އިދިކޮޅު ފިކުރަށް ނޫނެކޭ ބުނެ، ސަރުކާރު ހިންގާ ފިކުރަށް ލިބުނު ފުރަތަމަ ފަހަރެވެ.

ކޮލަމާފުށީގެ ސިޔާސީ ތާރީޚަށް ބަލާއިރު، ވޭތުވެދިޔަ 15 ވަރަކަށް އަހަރު އެ ރަށުގެ ކައުންސިލް ރައީސްގެ ގޮނޑި ފުރަމުން ގެންދިޔައީ އިދިކޮޅު ފިކުރުގެ ބޭފުޅުންނެވެ. ނަމަވެސް، މިފަހަރުގެ އިންތިޚާބުގައި އެ ރަށުގެ ރައްޔިތުން ވަނީ އެ ދިގު ތާރީޚަށް ނިމުން ގެނެސް، މުސާދު އިންތިހާބުކޮށްފައެވެ.

މީގެ އިތުރުން، ކޮލަމާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ގެ މެންބަރުކަމުގެ ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ގީތާ ޖަމާލް އެވެ. މި ބޮޑު ކާމިޔާބީއާ ގުޅިގެން ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި ސަޕޯޓަރުން އަންނަނީ އިންތިޚާބުވި ދެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަމުންނެވެ.

މީގެ އިތުރުން އެ ރަށުގެ ކައުންސިލް މެމްބަރު ކަމަށް އިންތިޚާބުވި ޝަހާމަތު ހަނީފް އަށް ވެސް ސަރުކާރުން ވަނީ ވަރަށް ހޫނު މަރްޙަބާއެއް ކިޔާފަ އެވެ.

ސަރުކާރުގެ ފަރާތުން މި ކާމިޔާބީ ސިފަކުރަނީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައެވެ. ޚާއްޞަކޮށް 15 އަހަރަށްފަހު މި ގޮނޑި ސަރުކާރު ހިންގާ ޕާޓީއަށް ލިބުމަކީ ރައްޔިތުން ސަރުކާރުގެ ސިޔާސަތުތަކަށް އިތުބާރު ކުރާކަމުގެ ހެއްކެއް ކަމަށް ސަރުކާރުން ދެކެއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި މުސާދު ސައީދު އަދި ގީތާ ޖަމާލް ކުރިއަށް އޮތް ދައުރުގައި ކޮލަމާފުށީގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރަށުގެ ރައްޔިތުންނާއި ޕާޓީން އުންމީދު ކުރެއެވެ.

ކޮންގްރެސް ގެ ފަރާތުން ވަނީ ކޮލަމާށުށީގެ ރައްޔިތުން ކުރެއްވި ހިތްވަރަށް ވެސް ވަރަށް ބޮޑަށް ޝުކރު އަދާކޮށް، ރަށުގެ ތަރައްގީގެ ނަތީޖާ ރަނގަޅުކޮށްދޭނެ ކަމަށް ބުނެފަ އެވެ.