ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުމުރުން 14 އަހަރު، މި ޒުވާނާ އުފައްދައިދިނީ ހިތުގެ ބަލިތައް އަވަހަށް ދެނެގަނެވޭ ހާއްސަ އެޕެއް!

ހިތުގެ ހާއްސަ އެޕު އުފެއްދި ޒުވާނާ
ހިތުގެ ހާއްސަ އެޕު އުފެއްދި ޒުވާނާ

ޑަލާސްގެ 14 އަހަރުގެ ޒުވާނެއް ކަމުގައިވާ ސިދާރުތު ނަންދިޔާލާ ވަނީ ހިތުގެ ބަލިތައް 7 ސިކުންތުގެ ތެރޭގައި ދެނެގަނެވޭ މޮބައިލް އެޕްލިކޭޝަނެއް އުފައްދައިފިއެވެ.

މި އެޕްލިކޭޝަން އުފެއްދުމުގައި އޭނާ ވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްފައެވެ. "ސަރކޭޑިއަން އޭއައި" ގެ ނަމުގައި އޭނާ އުފައްދާފައިވާ މި އެޕްލިކޭޝަނަކީ ހިތުގެ އަޑު އަޑުއަހައިގެން ހިތުގެ ބަލިތައް ދެނެގަނެވޭ އެޕްލިކޭޝަނެކެވެ.

ސިދާރުތަކީ އޮރަކަލް އަދި އޭއާރުއެމްގެ ސެޓްފިކެޓް ހާސިލުކޮށްފައިވާ ދުނިޔޭގެ އެންމެ ޅަ އުމުރުގެ އޭއައި ޕްރޮފެޝަނަލެވެ.

އޭނާ އުފައްދާފައިވާ މި އެޕްލިކޭޝަން ވަނީ އެމެރިކާގެ 15،000 އަށްވުރެ ގިނަ މީހުންނާއި އިންޑިއާގެ 700ގެ 700 މީހުންގެ މައްޗަށް ތަޖުރިބާކޮށްފައެވެ. މި ތަޖުރިބާތަކުގައި މި އެޕްލިކޭޝަންގެ ސައްހަކަން ވަނީ 96 އިންސައްތައިގައި ހިފެހެއްޓިފައެވެ.

އާންދްރާ ޕްރަދޭޝްގެ ވެރިކަމުގެ އިސްވެރިޔާ އެން. ޗަންދްރަބާބޫ ނައިޑޫ ވަނީ ސިދާރުތުގެ ހުނަރާއި ޤާބިލުކަމަށް ތަޢުރީފުކުރައްވާފައެވެ. އަދި އޭނާގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

https://twitter.com/ncbn/status/1901671750414545338

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި އެޕްލިކޭޝަން ވަނީ އިންޑިއާގެ ގުންޓޫރުގައި ހުންނަ ސަރުކާރުގެ ޖެނެރަލް ހޮސްޕިޓަލުގައި ވެސް ތަޖުރިބާކޮށްފައެވެ. އަދި އެ ތަޖުރިބާތަކުގައި ވެސް މި އެޕްލިކޭޝަންގެ ފެންވަރު ވަނީ ސާބިތުވެފައެވެ.

ސިދާރުތު ވަނީ ހައިދަރާބާދުގައި ބޭއްވުނު ގްލޯބަލް އާޓިފިޝަލް އިންޓެލިޖެންސް ސަމިޓުގައި މި އެޕްލިކޭޝަން ތަޢާރަފުކޮށްދީފައެވެ. އަދި މި އެޕްލިކޭޝަން އުފެއްދި މަޤްޞަދަކޞަދަކީ ޞިއްޙީ ޚިދުމަތް ލިބުން ދަތި ސަރަޙައްދުތަކަށް މި ޓެކްނޮލޮޖީ ފޯރުކޮށްދިނުން ކަމަށް ބުނެފައިވެއެވެ.

ސިދާރުތު ވަނީ ޓެކްސާސްގެ ލޯލޯލަރ މިޑްލް ސްކޫލުން ތަޢުލީމު ހާސިލުކޮށް، މިހާރު ޔުނިވަރސިޓީ އޮފް ޓެކްސާސް އެޓް ޑަލާސްގައި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.