ހޫނުގަދަ ދުވަސްތަކަކަށްފަހު، އަންގާރައިން ފެށިގެން ވިއްސާރަކުރާނެ: މެޓް
އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފި އެވެ. އެ އޮފީހުން ލަފާކުރާ ގޮތުގައި ބޮޑަށް ވިއްސާރަ ކުރާނީ އަންގާރަ ދުވަހު މެންދުރު ފަހު އެވެ.
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށްފައި ވާއިރު، ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ ދެކުނާއި މެދުރާއްޖެ ތެރެއަށް ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި ބުދަ ދުވަހު އުތުރުގެ ސަރަހައްދަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުނޅަގުން ގަޑިއަކު 4 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
Ads by BMLމެޓުން ވިދާޅުވީ މި ހަފުތާ ވިއްސާރަކުރިއަސް ހޫނު މޫސުން އަދިވެސް އޮތީ ކުރިއަށް ކަމަށެވެ. ދޭތެރެއަކުން ވިއްސާރަ ކުރިޔަސް، އެޕްރީލް މަހުގެ ނިޔަަލަށް ހޫނުގަދަ ވާނެ ކަމަށެވެ. އަދި މި ވިއްސާރައަކީ ދިގުދެމިގެން ދާނެ ވިއްސާރައެއް ނުން ކަމަށްވެސް މެޓުން ވިދާޅުވެއެވެ.
މި ހަފުތާގައި ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު މިއީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރެވެ. އެގޮތުން މިދިޔަ މަހުން ފެށިގެން އިޙްސާސް ކުރެވޭ ހޫނުމިން
ވަނީ މަތިވެފައެވެ. އަދި މިދުވަސްވަރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އިޙްސާސް ކުރެވޭ ހޫނު މިން ހުރީ 37 ޑިގްރީ ސެލްސިއަސްވުރެ މަތީގައެވެ.
Ads by MACL
