އަހަރެމެންގެ ޒިންމާއަކީ ޤައުމުގެ އަސްކަރީ ކަންކަން ބެލެހެއްޓުން؛ ކުޑަކުދިން ބެލެހެއްޓުމެއް ނޫން: ޓްރަމްޕް
ސަރުކާރުގެ އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ޤައުމުގެ އަސްކަރީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށާއި ކުޑަކުދިން ބެލެހެއްޓުމުގެ ކަންކަމަކީ ފެޑަރަލް ސަރުކާރަކުން އުފުލަންޖެހޭ ޒިންމާއެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ރައީސް ޓްރަމްޕް މިހެން ވިދާޅުވީ ޤައުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ޤައުމުގެ ދިފާޢީ ކަންކަން ވަރުގަދަކުރުމަކީ މިވަގުތު އެންމެ އިސްކަންދޭންޖެހޭ ކަންތަކެވެ.
"އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނީ އަސްކަރީ ގޮތުން ޤައުމު ރައްކާތެރިކުރުމަށް، ކުޑަކުދިންގެ ކަންކަން ބެލެހެއްޓުމެއް ނޫން." ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން، ފެޑަރަލް ސަރުކާރުގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކުޑަކުދިން ބެލެހެއްޓުމުގެ ފެޑަރަލް ނިޒާމެއް ހިންގުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މި ވާހަކަފުޅާއެކު، ސަރުކާރުގެ ބަޖެޓާއި ވަސީލަތްތައް ބޭނުންކުރުމުގައި އަސްކަރީ ދާއިރާއަށް އިސްކަންދިނުމުގެ މުހިންމުކަން އޭނާ ވަނީ ހާމަކުރައްވާފަ އެވެ.
Ads by BML
Ads by MACL
