ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެއްވަދޫ ޝާފިއު: %62 ތާއީދު ހޯދައި އަތޮޅު ކިންގްއަކަށް، ސިޔާސީ ހަޔާތުގެ ކާމިޔާބު ދެވަނަ ދައުރު!

ދެއްވަދޫ ޝާފިއު: %62 ތާއީދު ހޯދައި އަތޮޅު ކިންގްއަކަށް، ސިޔާސީ ހަޔާތުގެ ކާމިޔާބު ދެވަނަ ދައުރު!

ގއ. ދެއްވަދޫގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ފާއިތުވި ދައުރުގައި ފެނިގެންދިޔަ އެންމެ ހީވާގީ އެއް ޝަޚުޞިއްޔަތަކީ، އެ ރަށު ކައުންސިލްގެ ރައީސްކަމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި އަބްދުالله ޝާފިއުއެވެ.

މިފަހަރުގެ އިންތިޚާބުގައި %62 ގެ ބޮޑު ތާއީދަކާއެކު އޭނާ ހޯއްދެވި ކާމިޔާބީއަކީ، ރައްޔިތުން އޭނާއަށް ކުރާ އިތުބާރާއި ލޯބީގެ ރީތި މިސާލެކެވެ.
ޝާފިއުއަކީ ހުވަދު އަތޮޅުގެ ސިޔާސީ މައިދާނަށް އާ ބޭފުޅެއް ނޫނެވެ. އޭނާއަކީ ސިޔާސީ ކަންކަމަށް ފަރިތަ، އަދި ހަމައެހެންމެ އިޖުތިމާޢީ ގޮތުން ރަށުގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.

ޚާއްޞަކޮށް، ރަށުގެ ޒުވާނުންނާ އޮންނަ ގާތް ގުޅުމަކީ އޭނާގެ ސިޔާސީ ހަޔާތުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު ކުރިއެރުމެވެ. ޒުވާނުންގެ އިޙްސާސްތައް ދަނެގެން، އެކުދިންގެ ކުރިއެރުމަށް މަސައްކަތްކުރެއްވުމުގައި ޝާފިއު ދައްކަވާފައިވަނީ ނަމޫނާ މަސައްކަތްތަކެކެވެ.
ފާއިތުވި ދައުރުގައި ރަށުގެ ތަރައްޤީއަށްޓަކައި އޭނާ ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާއަކީ، މިއަދު ރަށުގެ ގިނަ ރައްޔިތުން އޭނާގެ ފަހަތުގައި ސާބިތުވެ ތިބުމެވެ.

ޚާއްޞަކޮށް ކަންކަމުގައި ގޮތް ނިންމުމުގައި ގެންގުޅުއްވާ ހަރުދަނާ އުޞޫލުތަކާއި، ކައުންސިލް ހިންގުމުގައި ގެންގުޅުއްވާ ސިޔާސަތަކީ އޭނާއަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުމުގެ މައިގަނޑު ސަބަބެވެ.

ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، މިފަހަރުގެ އިންތިޚާބުގައި ޝާފިއު ހޯއްދެވި 62 އިންސައްތަ ތާއީދަކީ މުޅި ގއ. އަތޮޅުގެ ރަށު ކައުންސިލެއްގެ ރައީސަކަށް ލިބިވަޑައިގެންނެވި އެންމެ މަތީ އިންސައްތަ ކަމެވެ. މިއީ އޭނާގެ މަޤުބޫލުކަމާއި، އަތޮޅުގެ ސިޔާސީ މަސްރަޙުގައި އޭނާގެ ނުފޫޒު އޮތް މިންވަރު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.

ދެވަނަ ދައުރަކަށް ޝާފިއު އިންތިޚާބުވެވަޑައިގަތުމަކީ ދެއްވަދޫގެ ތަރައްޤީގެ ދުވެލި އިތުރަށް ހަލުވިވެގެންދާނެ ކަމެއްކަން ކަށަވަރެވެ. އަތޮޅުގެ ސިޔާސީ މަސްރަޙަށް ފަރިތަ، ޒުވާނުންގެ މަޤުބޫލުކަން ހޯއްދަވާފައިވާ މިފަދަ ހީވާގީ ލީޑަރެއްގެ ޚިދުމަތް އަދިވެސް އެތައް އަހަރަކަށް ރަށަށް ބޭނުންވެއެވެ.

ޝާފިއުއަށް ލިބިވަޑައިގެންނެވި މި ބޮޑު ކާމިޔާބީއަށްޓަކައި ތަހުނިޔާ އާއި މުބާރަކްބާދީ އަރިސްކުރަމެވެ. އަދި ކުރިއަށް އޮތް ދައުރަކީ ދެއްވަދޫގެ ރައްޔިތުންނަށް އިތުރު ތަރައްޤީއާއި އުފާވެރިކަން ގެނެސްދޭނެ ދައުރެއް ކަމުގައި ވުމަށް އެދެމެވެ.