ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްވިމިން އެސޯސިއޭޝަނުން މި އަހަރަށް 97 މިލިއަން ރުފިޔާގެ ބަޖެޓެއް

ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ފޮޓޯ: ސްވިމިން އެސޯސިއޭޝަން
ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ފޮޓޯ: ސްވިމިން އެސޯސިއޭޝަން
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެކުއަޓިކްސް މޯލްޑިވްސް) އިން މިއަހަރަށް 97 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ. މި ބަޖެޓު ފާސްކޮށްފައިވަނީ އާދިއްތަ ދުވަހުގެރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ.

އެ އެސޯސިއޭޝަނުން މި އަހަރަށް ކަނޑައެޅި ބަޖެޓުގެ ޖުމްލަ އަދަދަކީ 97,249,198 ރުފިޔާއެވެ. މި އަހަރުގެ ޚަރަދުގެ ގޮތުގައި 96,603,468 ރުފިޔާ ހިނގާނެކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ 645,730 ރުފިޔާގެ އަރަނި ބަޖެޓެކެވެ.

އާމްދަނީ ލިބޭނެ ކަމަށް ލަފާކުރާ ގޮތް


ސްވިމިން އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ލޯނުގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން ލޯނުގެ ގޮތުގައި 71,745,000 ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެކިއެކި ފީގެ ގޮތުގައި 12,827,350 ރުފިޔާ، ސަރުކާރުން ލިބޭ ފައިސާގެ ގޮތުގައި 3,657,544 ރުފިޔާ، އަދި ހިލޭ އެހީގެ ގޮތުގައި 6,694,745 ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ޚަރަދުތަކުގެ ތަފްސީލު


މި އަހަރު ހިނގާނެ ކަމަށް އަންދާޒާކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ކެޕިޓަލް ޚަރަދުތަކެވެ. އެގޮތުން ކެޕިޓަލް ޚަރަދުތަކަށް 76,870,497 ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށެވެ. އެކަމަށް 76,802,497 ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރިކަރެންޓް ޚަރަދުގެ ގޮތުގައި 19,732,971 ރުފިޔާ ހިނގާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅާފައިވަނީ އެކުއަޓިކް ސެންޓަރ ބެލެހެއްޓުމަށެވެ. އެ މަސައްކަތަށް 9,101,436 ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.