ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުންދު އާއި ސަލްމާ ވެސް މަގާމުން ވަކިކޮށްފި

މުންދު އާއި ސަލްމާ ވެސް މަގާމުން ވަކިކޮށްފި

ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު މަގާމުން ވަކިކޮށްފި އެވެ.

މި ދެބޭފުޅުންނަށް ފިޔަވަޅު އެޅި ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. މުންދުއަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކިކުރައްވާފައި ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް ވެރިކަމުގެ ދެވަނަ ދައުރެއް ނުލިބޭނެކަން ސާފުވާ ކަމަށް މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު ވިދާޅުވާ އޯޑިއޯއެއް ލީކްވެފައިވާ ދަނޑިވަޅެއްގައި އެވެ.


ދާދިފަހުން އަސްމާ ވާހަދައްކަވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު، އޯޑިއޯގައި ޕީއެންސީ އަށް ވޯޓު ނުދިނުމަށް އަސްމާ އެދިވަޑައިގެން ވާހަދައްކަވާފައިވެ އެވެ.


އެ އޯޑިއޯގައި އަސްމާ އެދިވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށެވެ.


މި ދެބޭފުޅުން މަގާމުން ވަކިކުރެއްވި އިރު، މިއަދުގެ ވަގުތެއްގައި ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ ނަޖާހު ވެސް ވަނީ މަގާމުން މަކިކޮށްފަ އެވެ.