މަސްދަޅު އިހު ހުރި އަގަށް ބަދަލުކޮށްފި، ކޭހެއް 760 ރުފިޔާއަށް!
މިފްކޯއިން ވިއްކާ މަސްދަޅު ކުރިންވެސް ވިއްކަމުން އައި އަގަށް ބަދަލުކޮށްފިއެވެ.
މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިޢާަޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމި ވާހަކަ ދަންނަވަން- މިފްކޯ
އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ވާހަކަ ދަންނަވަމެވެ.
މިފްކޯއިން އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ވިއްކާ މަސްދަޅުގެ އަގަށް ބަދަލު ގެނެސްފައިވާއިރު، މެދުއިރުމަތީގައި ކުރިޔަށްދާ އީރާން ހަނގުރާމައިގައި އެ ޤައުމުން ހުރުމުޒް ކަނޑައޮޅި ބަންދުކޮށްފައިވުމުން މުޅިދުނިޔޭގައި ވަނީ ތެލަށް އޮތް ޑިމާންޑް ވަރަށް ބޮޑުތަން އުފުލިފައެވެ.
Ads by BMLނަމަވެސް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ހެޔޮ އަގުގައި މަސްވެރިންނަށާއި މިފްކޯގެ އުފެއްދުންތަކަށް ބޭނުންވާ ތެޔޮ، ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ސަރުކާރުން މަސްވެރިންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ ”ފަހި ހަކަތަ“ ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
Ads by MACL
