މުވައްޒަފުންގެ އެއްވެސް އިތުބާރެއް އެމްޕީއެލްގެ ސީއީއޯ ރިޝްވާން މަގާމުން އިސްތިއުފާ ދީފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން އިތުބާރު ހުރި ފަރާތަކުން ވަނީ ކަށަވަރު ކުރައްވާފައެވެ.
އިސްތިއުފާ ދިނުމުގެ ކުރިން މުވައްޒަފުންތަކަކާއި ޒުވާބުކުރާ އޯޑިއޯއެއް ވަނީ ސޯޝަލް މީީޑިއާގައި ލީކު ކޮށްލާފައެވެ.
Ads by BMLއެނގިފައިވާ ގޮތުގައި މިކަމާ ގުޅިގެން ސަރުކާރުން ވަނީ އިސްތިއުފާދެއްވުމަށް އޭނާއަށް އަންގާފަ އެވެ.
ރިޝްވާނަކީ އެމްޕީއެލްއަށް މި ސަރުކާރުން އައްޔަންކުރި ދެވަނަ އެމްޑީ އެވެ.
ރިޝްވާން އެމްޕީއެލްގެ އެމްޑީކަމަށް އައްޔަންކުރީ ފެބްރުއަރީ 2025، ގަ އެވެ.
ޑެޕިޔުޓީ ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޝްވާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާ ކުރައްވާފަ އެވެ.
Ads by MACL
