އިޒްރޭލުގެ އިސްވެރިން ބޭނުންކުރާ އެންމެ ބޮޑު ބަންކަރު އީރާނުން ހަމަލާދީ ގޮއްވާލައިފި
އިޒްރޭލުގެ ޒަޔަނިސްޓް ސަރުކާރުގެ އެންމެ އިސްވެރިންނާއި އެތެރެކޮއިލުގެ ބޭފުޅުން ބޭނުންކުރަމުންދިޔަ އެންމެ ބޮޑު ބަންކަރު އީރާނުގެ ހަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ ކަމަށް ރަޝިޔާގެ މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފި އެވެ. މި ބަންކަރަކީ އިސްރާއީލުގެ ދިފާއީ އަދި ސިޔާސީ އެންމެ މުހިންމު ނިންމުންތައް ނިންމުމަށް ބޭނުންކުރާ ރައްކާތެރި މަރުކަޒެއްގެ ގޮތުގައި ބެލެވިފައިވާ ތަނެކެވެ.
ރަޝިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ދިން ވަރުގަދަ ހަމަލާތަކުގެ އަމާޒަކަށް މި ބަންކަރު ވެގެންދިޔައީ އެތަނަކީ އިސްރާއީލުގެ ރެޖީމްގެ އެންމެ ނުފޫޒުގަދަ ފަރާތްތަކުން ހިމާޔަތް ހޯދުމަށް ބޭނުންކުރާ ތަނަކަށް ވާތީއެވެ. މި ހަމަލާއާއެކު އިސްރާއީލުގެ ދިފާއީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މީޑިއާތަކުން ބުނަެފައިވަނީ ކޮންމެ އަނިޔާވެރިއަކަށްވެސް ނިމުމެއް އޮންނާނެ ކަމަށެވެ. މިއީ ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެ، އީރާނާއި އިސްރާއީލާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ހިނގާފައިވާ ކަމެކެވެ.
Ads by BMLއީރާނުން މިފަދަ ވަރުގަދަ ހަމަލާއެއް ދީފައި މިވަނީ އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މި ހަމަލާއާ ގުޅޭގޮތުން އިސްރާއީލުގެ ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
