ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގެ ސެން ކްލާސް ތަރައްގީކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން، އަމީނިއްޔާ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ސެންސަރީ ކުލާހެއް ތަރައްގީކޮށްފިއެވެ. މިއީ އެ ބޭންކުން އިޖުތިމާއީ ޒިންމާގެ ދަށުން ތައުލީމީ ދާއިރާއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އަމީނިއްޔާ ސްކޫލުގައި ތަރައްގީކުރި މި ކްލާހަށް ދީފައިވާ ނަމަކީ "އައިވޮންޑާ" އެވެ.
އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި މިހާރުވެސް 170 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ.
Ads by BMLމި ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުން އުނގެނުމަށް އެންމެ ފަހިވާނެ ގޮތަށެވެ. އެގޮތުން ކްލާސް މަރާމާތުކުރުމާއި، ކިޔަވައިދިނުމަށް ބޭނުންވާ ހުރިހާ ސަމާނެއް ފޯރުކޮށްދީފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ އެހީގައެވެ. މީގެ އިތުރުން، ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުންގެ ހިއްސުތަކާ ގުޅޭގޮތުން އުނގެނުމުގެ މާހައުލު ބައްޓަންކުރުމަށް ބޭނުންވާ ހާއްސަ ވަސީލަތްތައް ވެސް ވަނީ ގާއިމުކޮށްފައެވެ.
ބީއެމްއެލް އަކީ މީގެ ކުރިން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުމަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވާ މުއައްސަސާއެކެވެ. އެގޮތުން އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ސަލާހުއްދީން ސްކޫލްގެ އިތުރުން ތ. ވޭމަންޑޫ ސްކޫލާއި ކ. ގާފަރު ސްކޫލްގެ ސެން ކްލާސްތައް ތަރައްގީކުރުމުގައި ބޭންކުން ވަނީ އެހީތެރިވެފަ އެވެ.
މި މަސައްކަތްތަކުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 އަށް ވުރެ ގިނަ ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އެކި ބާވަތުގެ އާލާތްތައް ބޭންކުން ވަނީ ހަދިޔާކޮށްފައެވެ.
ބީއެމްއެލްގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ބޭނުންވާ މާހައުލު ގާއިމުކޮށްދިނުމެވެ.
Ads by MACL
