ޕީޓް ހެގްސެތު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަނީ
އެމެރިކާގެ ކޮންގްރެސް މެންބަރު ޖޭސްމިން ކްރޮކެޓް، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މަގާމުން ވަކިކުރުމަށް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނެކަން އިއުލާނު ކުރައްވައިފި އެވެ.
ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ކޮންގްރެސް މެންބަރު ކްރޮކެޓް މިކަން ހާމަކުރެއްވީ މިއަދުއެވެ. އޭނާ ވިދާޅުވި ގޮތުގައި ހެގްސެތު މަހާމުން ދުރުކުރުމަށް އޭނާއާއި ދެކޮޅު މާއްދާތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ އެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއީ އެމެރިކާގެ ސިޔާސީ މަސްރަހުގައި މިވަގުތު ވަރަށް ބޮޑަށް ބަހުސް ކުރެވެމުންދާ މައުލޫއެކެވެ. ޕީޓް ހެގްސެތު އަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ޑިފެންސް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރައްވާފައިވާ ބޭފުޅެކެވެ.
މި ހުށަހެޅުމާ ގުޅިގެން ކޮންގްރެސްގެ ތެރޭގައި ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑެތި ބަހުސްތަކެއް ހިނގާނެ ކަމަށް ބެލެވެއެވެ. މިއީ މި ސަރުކާރުގެ އިސް އޮފިޝަލަކާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އެޅުމަށް މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
Ads by MACL
