ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން އިޒްރޭލަށް ބޮޑެތި ސުވާލުތަކެއް ކުރިމަތިވެއްޖެ
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާނުކުރުމާ ގުޅިގެން، އިސްރާއީލުގެ ސަރުކާރުން މިހާތަނަށް ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، އިސްރާއީލުގެ އިސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، މި ނިންމުމަކީ އެ ގައުމަށް ލިބުނު ކުއްލި ސިހުމެކެވެ. އެހެން ފަރާތްތަކެކޭ އެއްފަދައިން، އިސްރާއީލަށްވެސް މިކަމުގެ މައުލޫމާތު ލިބިފައިވަނީ އެންމެ ފަހު ވަގުތުގައެވެ.
މި އެއްބަސްވުމަކީ މިހާރު ގަބޫލުކޮށް ނިމިފައިވާ އެއްބަސްވުމެއް ކަމެއް ނުވަތަ މިއީ މަޝްވަރާތައް ފެށުމަށް އެޅުނު ބިންގަލެއް ކަމެއް އަދި ސާފެއް ނުވެއެވެ. މަޝްވަރާތަކެއް ކުރިއަށްދާ ނަމަ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ގަބޫލުފުޅު ނުކުރެއްވި ހަރުކަށި އުސޫލުތަކަށް އަނބުރާ ރުޖޫއަވުމަށް ކުރިއަށް އޮތް ހަފުތާތަކުގައި އިސްރާއީލުން ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.
މި އެއްބަސްވުމާ ދެކޮޅަށް އެމެރިކާގެ ސިޔާސަތު ބަދަލުކުރުމަށްޓަކައި އިސްރާއީލުން ސިއްރު ގޮތެއްގައި ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މިއީ އެ ގައުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.
Ads by BMLމިވަގުތު އިސްރާއީލުން މަސައްކަތް ކުރަމުންދަނީ މި ނިންމުމުގެ ސަބަބުން އެ ގައުމަށް ކުރާނެ އަސަރުތައް ދެނެގަތުމަށާއި، މި އެއްބަސްވުމަށް ފުރަގަސްދެވޭނެ ގޮތެއް އޮތްތޯ ބެލުމަށެވެ. އެހެންނަމަވެސް، އެމެރިކާ ފަދަ އިސް ބައިވެރިއަކު ހަނގުރާމަ ހުއްޓާލުމަށް އަންގައިފި ނަމަ، އެކަމާ ދެކޮޅަށް ތެދުވުމަކީ އިސްރާއީލަށް ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.
Ads by MACL
