ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހިޒްބުﷲ އިން ހަނގުރާމަ ނުހުއްޓާނެ، ބުނީ ދުޝްމަނުން ކަކޫމައްޗަށް ތިރިކުރާނެ ކަމަށް

ހިޒްބުﷲ އިން ހަނގުރާމަ ނުހުއްޓާނެ، ބުނީ ދުޝްމަނުން ކަކޫމައްޗަށް ތިރިކުރާނެ ކަމަށް

ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން، އިޒްރޭލާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކާ ގުޅޭގޮތުން ސީދާ އެއްޗެއް ބުނެފައި ނުވި ނަމަވެސް، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ބަސްފުޅެއް މިއަދު ވަނީ އާންމުކޮށްފަ އެވެ.

ހިޒްބުﷲ އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ ޚާމަނާއީ މިއަހަރުގެ ޖެނުއަރީ މަހު ދެއްވާފައިވާ ބަޔާނެކެވެ. މި ބަޔާނާއެކު އެ ޖަމާއަތުން ވަނީ އެމެރިކާ އާއި އިޒްރޭލުގެ ދިދަ ވީދާލާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ.

އެ ބަޔާނުގައި ޚާމަނާއީ ވިދާޅުވެފައިވަނީ، "އަހަރެމެން ދުޝްމަނުން ކަކޫމައްޗަށް ތިރިކުރާނަން" ކަމަށެވެ. މިއީ މިވަގުތު ސަރަހައްދީ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި ހިޒްބުﷲ އިން ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައި ބެލެވެ އެވެ.

މި މެސެޖު އާންމުކޮށްފައި މިވަނީ ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވެމުންދާ ވަގުތެއްގަ އެވެ. ނަމަވެސް ހިޒްބުﷲ އިން އަދިވެސް ދަނީ އިޒްރޭލަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.