ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޑިޕްލޮމޭޓުގެ މަގާމަށް

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޑިޕްލޮމޭޓުގެ މަގާމަށް

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ދުނިޔޭގެ އެންމެ ކާމިޔާބު އަދި އެންމެ ނުފޫޒުގަދަ ޑިޕްލޮމޭޓުގެ މަގާމު ހޯއްދަވައިފި އެވެ. މިކަން ހާމަވެފައިވަނީ ދާދި ފަހުން އާންމުކުރި ބައިނަލްއަގުވާމީ ރޭޓިންގްތަކުންނެވެ.

މި ރޭޓިންގްތަކުން ދައްކާ ގޮތުގައި އައްބާސް އަރަގްޗީ ވަނީ 92 އިންސައްތަގެ މަތީ ރޭޓިންގްއެއް ހޯއްދަވާފަ އެވެ. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ޑިޕްލޮމޭޓުންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ފަދަ މަތީ އަދަދެކެވެ.

އަރަގްޗީއަށް މިފަދަ މަތީ މަގާމެއް ލިބިވަޑައިގަތީ ބައިނަލްއަގުވާމީ މައިދާނުގައި އީރާނުގެ މަސްލަހަތުތައް ހިމާޔަތްކުރުމަށާއި، ސަރަހައްދީ ހަމަޖެހުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާގެ ހަރުދަނާ ޑިޕްލޮމެޓިކް ސިޔާސަތުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ތައުރީފު ލިބިފައެވެ.