ސްޕެއިންއާ ގުޅުން ކަނޑާލަން ޓްރަމްޕް އެދުމުން، ޗައިނާއިން އެމެރިކާއަށް ގަސްކާނާ ފޮނުވުން ހުއްޓާލައިފި
ސްޕެއިންއިން މިހާރު ގެންގުޅެމުންދާ ސިޔާސީ ނިންމުންތަކާ ގުޅިގެން، އެ ގައުމާއެކު ބާއްވާ ހުރިހާ މުއާމަލާތްތަކެއް ހުއްޓާލުމަށާއި އެއްވެސް ބާވަތެއްގެ އުފެއްދުމެއް އެކްސްޕޯޓް ނުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓްރަމްޕްގެ މި އެދިވަޑައިގަތުމާ ގުޅިގެން، ޗައިނާގެ ރައީސް ވަނީ ކުއްލި ނިންމުމެއް ނިންމަވައި އިއުލާނު ކުރައްވާފަ އެވެ. އެގޮތުން، އެމެރިކާއަށް އެކްސްޕޯޓް ކުރަމުންދާ ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާގެ ބާވަތްތައް ފޮނުވުން ވަގުތުން ހުއްޓާލުމަށް ޗައިނާއިން ވަނީ ނިންމާފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެމެރިކާގެ ދަނޑުވެރިކަން ބޮޑަށް ބިނާވެފައިވަނީ ޗައިނާއިން އެތެރެކުރާ ގަސްކާނާގެ މައްޗަށެވެ.
ޗައިނާގެ މި ނިންމުމާއެކު އެމެރިކާގެ ބާޒާރުގައި މިއަދު ވަނީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގު ދެގުނައަށް އުފުލިފައެވެ. މީގެ އިތުރުން، އެމެރިކާގައި އާންމުކޮށް ބޭނުންކުރާ ހުރިހާ ތަކެއްޗެއްގެ އަގުވެސް ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ.
Ads by BMLމި ބަދަލުތަކާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ވަނީ އުފުލެން ފަށާފަ އެވެ. މިއީ މިފަދަ ހާލަތްތަކުގައި ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއްގެ ގޮތުގައި އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ. ޗައިނާގެ މި ފިޔަވަޅުގެ ސަބަބުން އެމެރިކާގެ ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.
Ads by MACL
