ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލުބުނާނަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ހިމެނޭ ގައުމެއް ނޫން ކަމަށް ޓްރަމްޕް ބުނެފި

ލުބުނާނަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ހިމެނޭ ގައުމެއް ނޫން ކަމަށް ޓްރަމްޕް ބުނެފި

މިހާރު އިއުލާނުކޮށްފައިވާ ދެ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާނު ހިމެނިފައި ނުވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކުރެއްވީ ޕީބީއެސްގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓް ލިޒް ލޭންޑާސްއާ ވާހަކަދައްކަވަމުންނެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ލުބުނާނު މި އެއްބަސްވުމުގައި ނުހިމެނެނީ އެ ގައުމުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތުގެ ސަބަބުން ކަމަށެވެ. އަދި އެ ޖަމާއަތުގެ ކަންތައްތައް "ބަލަހައްޓާނެ" ނުވަތަ "ހައްލުކުރާނެ" ކަމަށްވެސް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފަ އެވެ.

ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ސުވާލު ކުރުމުން، ޓްރަމްޕް އެކަން ސިފަކުރެއްވީ "ވަކި ކުރިމަތިލުމެއް" ނުވަތަ ވަކި ހަނގުރާމައެއްގެ ގޮތުގައެވެ. މީގެ މާނައަކީ މިހާރު އޮތް ހަނހގުރާމަ ހުއްޓާލާ އެއްބަސްވުމުގެ ދަށުން ލުބުނާނަށް ދެމުންދާ ހަމަލާތައް ނުހުއްޓޭނެ ކަމެވެ.