އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކުރުމަށް ދެ ހަފުތާގެ މުހުލަތެއް ދީފި
އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ މާލީ އެސެޓްތައް ނުވަތަ ފައިސާތައް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ދޫކޮށްލުމަށް އީރާނުން އެމެރިކާއަށް ގޮވާލައި މުހުލަތެއް ދީފިއެވެ.
މިކަމާ ގުޅޭގޮތުން އީރާނުން ބުނެފައިވަނީ އެމެރިކާގެ ބޭންކުތަކުގައި ހިފަހައްޓާފައިވާ އެ ގައުމުގެ ފައިސާ ދޫކުރުމަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މި މުހުލަތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމުގެ ތެރެއިން އީރާނުން ކުރި ރަސްމީ ޑިމާންޑެކެވެ.
އެމެރިކާއިން އީރާނުގެ އެތައް ބިލިއަން ޑޮލަރެއް ހިފަހައްޓާފައިވަނީ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުންނެވެ. ނަމަވެސް މި ފައިސާ ދޫކުރުމަށް އީރާނުން ދިން ދެ ހަފުތާގެ މުހުލަތާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި މައްސަލައަކީ ބައިނަލްއަގުވާމީ މަސްރަހުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމަކަށްވާއިރު، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މިކަމަށް އަންނާނެ ބަދަލުތަކަށް ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ.
Ads by MACL
