ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލޭ ގެއެއްގެ މަތިން މީހަކު ވެއްޓި، ފަރުވާދެނީ

މާލޭ ގެއެއްގެ މަތިން މީހަކު ވެއްޓި، ފަރުވާދެނީ

މާލޭ ގެއެއްގެ މަތިން މީހަކު ވެއްޓި، ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު އިރުއޮއްސި 18:20 ހާއިރު ލިބުނު ކަމަށެވެ.


މި ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. އައިޖީއެމް ހޮސްޕިޓަލުން ބުނީ ފަރުވާ ދެމުން އަންނަނީ އެމަޖެންސީ ވޯޑުގައި ކަމަށެވެ.


ފުލުހުން ބުނި ގޮތުގައި ވެއްޓުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ވެއްޓިފައި ވަނީ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ.


މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.