ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާން މިހާރު އޮތީ ދުނިޔޭގެ "ސުޕަރ ޕަވަރ" އަށް ވުމުގެ މަގުމަތީގައި: ސްޕްރީމް ލީޑަރ

އީރާން މިހާރު އޮތީ ދުނިޔޭގެ "ސުޕަރ ޕަވަރ" އަށް ވުމުގެ މަގުމަތީގައި: ސްޕްރީމް ލީޑަރ

އީރާނަކީ މިހާރު ދުނިޔޭގެ ބޮޑު ބާރަކަށް ވުމުގެ މަގުމަތީގައި އޮތް ގައުމު ކަމަށާއި އަދި ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން އީރާނުގެ ނުފޫޒު ގަދަވަމުންދާކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ (ސުޕްރީމް ލީޑަރު) މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ޚާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސުޕްރީމް ލީޑަރު ވިދާޅުވީ، އެ ސަރަހައްދުގެ ބާރުވެރިކަމާ ގުޅޭގޮތުން އީރާނުން އާ ދައުރަކަށް ފަށާފައިވާ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތައިގެ ސަލާމަތަށް މުހިންމު ސަރަހައްދެއްކަން ފާހަގަކުރައްވައި، އީރާނުގެ ބާރު އެ ސަރަހައްދުގައި ވަރުގަދަވަމުންދާކަމުގެ އިޝާރާތެއް ޚާމަނާއީ ކުރެއްވިއެވެ.

އީރާނުގެ ދެކުނުން އޮތް އަރަބި އަވަށްޓެރި ގައުމުތަކަށް މުޚާތަބު ކުރައްވައި ސުޕްރީމް ލީޑަރު ވިދާޅުވީ، އެ ގައުމުތަކަށް އެ ފެނިވަޑައިގަންނަވަނީ މުޢުޖިޒާތެއް ކަމަށެވެ. އަދި ބޭރުގެ ބާރުތަކުން ވާ ދޮގު ވައުދުތަކަށް ސަމާލުވުމަށާއި، އެފަރާތްތަކުން އަރަބި ގައުމުތައް ނިކަމެތިކޮށް އިހާނެތިކޮށް ހެދުމުގެ ފުރުސަތު ނުދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މި ބަޔާނަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ އަސްކަރީ އަދި ސިޔާސީ ބާރުވެރިކަން ދެއްކުމުގެ ގޮތުން ދެއްވި ވަރުގަދަ މެސެޖެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.