ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުން ވަގުތުން ހުއްޓާލުމަށް ޓްރަމްޕް އިންޒާރު ދީފި
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކުން އީރާނުން ފީ ނަގަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ރިޕޯޓްތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
މިކަމާ ގުޅިގެން ރައީސް ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ޓޭންކަރުތަކުން އީރާނުން ފީ ނަގަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.
"އެމީހުން އެފަދަ ކަމެއް ކޮށްގެން ނުވާނެ، އަދި އެކަން ކުރަމުންދާނަމަ މިހާރުން މިހާރަށް އެކަން ހުއްޓާލަން ޖެހޭނެ!" ޓްރަމްޕް ވިދާޅުވިއެވެ.
ފެތުރެމުންދާ ރިޕޯޓްތައް ބުނާގޮތުން، އީރާނުން ދަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން 'ޓޯލް' އެއް ނުވަތަ ފީއެއް ނަގަމުންނެވެ. މީގެ އިތުރުން، ދުވާލެއްގެ މައްޗަށް އެ ކަނޑުއޮޅިން ދަތުރުކުރެވޭނެ އުޅަނދުތަކުގެ އަދަދު މަދުކޮށް، ހަރުކަށި އުސޫލުތަކެއް ގެންގުޅެމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުހަނު މުހިންމު ސަރަހައްދެކެވެ. ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް އާންމުކޮށް އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށް ކަމަށްވާތީ، މި ސަރަހައްދުގެ ދަތުރުފަތުރަށް ހުރަސް އެޅުމަކީ ބައިނަލްއަގުވާމީ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
Ads by BMLމި މައްސަލައިގައި އީރާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެމެރިކާގެ ރައީސްގެ މި އިންޒާރާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
Ads by MACL
