ހަނގުރާމައާއި ގުޅުމެއް ނެތް އާއިލާތަކަށް އިޒްރޭލުން ގަސްތުގައި ހަމަލާދިން ކަމަށް ނަތަންޔާހޫ އެއްބަސްވެއްޖެ
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެ ގައުމުގެ އަސްކަރިއްޔާއިން ބަސީޖްގެ މެންބަރުންގެ އާއިލާތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ. ނަތަންޔާހޫ ހާމަކުރި ގޮތުގައި އިސްރާއީލުގެ ހަމަލާތައް އަމާޒުކުރެވިފައިވަނީ ހަމައެކަނި ހަނގުރާމަވެރިންނަކަށް ނޫނެވެ.
ނަތަންޔާހޫގެ ވާހަކަތަކުގައި ފާހަގަކުރެއްވި ގޮތުގައި، ބަސީޖްގެ މެންބަރުންގެ އާއިލީ މީހުންނަށް އިސްރާއީލުން ވަނީ އަމާޒުކޮށްފައެވެ. މީގެ ތެރޭގައި ހަނގުރާމަވެރިންގެ އަނބިންނާއި، ދަރިންގެ އިތުރުން އެމީހުންގެ ބަފައިންވެސް ހިމެނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި އިއުތިރާފާއެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް ވަނީ އިސްރާއީލަށް އަމާޒުވެފައެވެ. ހަނގުރާމައިގެ މައިދާނުގައި ސީދާ ބައިވެރިނުވާ އާންމު ރައްޔިތުންނާއި އާއިލާތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
Ads by BMLމި އިއުތިރާފަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހައި، އެ ގާނޫނުތަކުގެ އެއްވެސް އިހުތިރާމެއް ނެތްކަން ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެވޭ މިފަދަ ހަމަލާތަކަކީ ހަނގުރާމައިގެ ކުށްތަކެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
Ads by MACL
