މަގާމުން ވަކިކުރަން ޓްރަމްޕާ ދެކޮޅަށް 13 ދައުވާއެއް ހުށަހަޅައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިކުރުމަށް ނުވަތަ އިތުބާރުނެތް ކަމަށް ނިންމަން 13 ދައުވާއެއް ނުވަތަ މާއްދާއެއް ރަސްމީކޮށް ހުށަހަޅައިފި އެވެ.
މިއީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސަކާ ދެކޮޅަށް މިހާ ގިނަ އަދަދެއްގެ ދައުވާތަކެއް ހުށަހެޅުނު ފުރަތަމަ ފަހަރެވެ.
މި ހުށަހެޅުމާއެކު ޓްރަމްޕް ވެވަޑައިގެންފައިވަނީ އެމެރިކާގެ ތާރީޚުގައި ވެސް މަގާމުން ވަކިކުރަން އެންމެ ގިނަ ދައުވާތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރައީސަށެވެ. މީގެ ކުރިން އެއްވެސް ރައީސަކާ ދެކޮޅަށް މިހާ ގިނަ ދައުވާތަކެއް ނުވަތަ މާއްދާތަކެއް އެއްފަހަރާ ހުށަހަޅާފައެއް ނުވެއެވެ.
Ads by BMLމި މާއްދާތައް ރަސްމީކޮށް ހުށަހެޅުމާ ގުޅިގެން، މިއީ އެމެރިކާގެ ސިޔާސީ މަސްރަހުގައި އާ ރެކޯޑަކަށް ވެގެންދާނެ އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަވަމުންދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
