ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި, 10 ދުވަސް ތެރޭގައި 11 ހެކްޓަރު ހިއްކާ ނިންމަނީ

 ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުން: ފޮޓޯ: ރައީސް ޑރ. މުއިއްޒު
ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުން: ފޮޓޯ: ރައީސް ޑރ. މުއިއްޒު

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދުފަށައިފިއެވެ. މިމަސައްކަތް ފަށާފައިވާއިރު، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެރަށަށް 11 ހެކްޓަރުގެ ބިން އިތުރުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވާފައެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ބާރުސްޕީޑުގައި މިއަދު ފެށިގެން ކުރިއަށްދާ ކަމަށާއި، މި މަޝްރޫއުގެ ދަށުން ޖުމްލަ 396،000 ކޮޑި މީޓަރުގެ ވެލި އެރަށުގެ ފަޅުން ނަގައިގެން ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި ބޭނުންކުރަނީ އެ ކުންފުނިން ގެނެސްފައިވާ "ފިލިޕޯ ބްރުނެލެޝީ" ނަމަކަށް ކިޔާ ބޮޑު ޑްރެޖަރެކެވެ. މިއީ އެއްފަހަރާ 11،300 ކޮޑި މީޓަރުގެ ވެލި ބޭރުކުރުުގެ ގާބިލުކަން ލިބިގެންވާ "ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ."

https://twitter.com/MMuizzu/status/2042566014890840308?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2042566014890840308%7Ctwgr%5E23e3746c0932f8cc43d5b3a760d8a7d9ed5ae960%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMMuizzu%2Fstatus%2F2042566014890840308

މި ޑްރެޖަރުން އެންމެ ފަހުން ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ ތ. ވޭމަންޑޫގައެވެ. އެގޮތުން އެރަށުގެ ބިން ހިއްކުމުގެ މުޅި މަޝްރޫއު އެމްއޭސީއެލް އިން ނިންމާލާފައިވަނީ އެންމެ 23 ދުވަހުގެ ތެރޭގައެވެ. ސަރުކާރުގެ އަމާޒަކީ ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިފަދަ ހަލުވި މިނެއްގައި ނިންމާލުމެވެ.