މަޝްވަރާތަކަށް ނުފޫޒު ފޯރުވާކަމަށް އެއްބަސްނުވި ނަމަވެސް، ޓްރަމްޕަށް އޮތް ސިޔާސީ ޕްރެޝަރު ބޮޑު!
ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެތެރޭގެ ސިޔާސީ މަޝްރަހުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުން ދާކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ހަނގުރާމައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަކީ އެއްވެސް ސިޔާސީ ނުފޫޒެއް އޮވެގެން ނިންމެވި ނިންމެވުމެއް ނޫން ކަމަށް ވައިޓް ހައުސްއިން ބުނަމުންދިޔަ ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މިކަމުގައި ސިޔާސީ މަސްލަހަތުތަކެއް އެކުލެވިގެންވެއެވެ.
އިގްތިސާދީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ މެދު ރައީސް ޓްރަމްޕް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާއިރު، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބަކީ މިކަމުގެ މައިގަނޑު އެއް ސަބަބު ކަމަށް ބެލެވެއެވެ. މި މަޝްވަރާތައް ކާމިޔާބު ކުރުމަށްޓަކައި ޓްރަމްޕް ބޭނުންފުޅުވާ މިންވަރު ހާމަވަނީ، މަޝްވަރާ ކުރާ ޓީމުގައި ވޭންސް ހިމެނުމަށް ނިންމެވި ނިންމެވުމުންނެވެ.
Ads by BMLމިޑްޓާމް އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިދާނެ ކަމުގެ ބިރު އޮތުމާއެކު، ޓްރަމްޕް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މި މައްސަލައިން އަވަސް ހައްލެއް ހޯއްދެވުމަށެވެ. މިގޮތުން، ވޭންސް އަކީ މިކަމުގައި އެންމެ އެކަށީގެންވާ ނަތީޖާއެއް ނެރެދެވޭނެ ފަރާތް ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށް ބެލެވެއެވެ.
ވައިޓް ހައުސްއިން ރަސްމީކޮށް މިކަން ދޮގުކުރި ނަމަވެސް، ސިޔާސީ މަސްރަހުގެ މިހާރުގެ ހާލަތަށް ބަލާއިރު، ޓްރަމްޕްގެ މި ނިންމެވުންތަކަކީ ކުރިއަށް އޮތް އިންތިޚާބަށް އަމާޒުކޮށްގެން އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.
Ads by MACL
