ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިޒްރޭލާއި ސްޕެއިންގެ ގުޅުން ގޯސްވެ، އަސްކަރީ ކޯޑިނޭޝަން ސެންޓަރުން ސްޕެއިން ބޭރުކޮށްފި

އިޒްރޭލާއި ސްޕެއިންގެ ގުޅުން ގޯސްވެ، އަސްކަރީ ކޯޑިނޭޝަން ސެންޓަރުން ސްޕެއިން ބޭރުކޮށްފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ސްޕެއިންގެ ސަރުކާރަށް ވަރުގަދަ ރައްދެއް ދެއްވައި، ކިރްޔާތު ގާތްގައި ހުންނަ އަސްކަރީ ކޯޑިނޭޝަން ސެންޓަރުން ސްޕެއިން ބޭރުކުރުމަށް އަމުރުކުރައްވައިފި އެވެ. މި ނިންމުން ނިންމާފައިވަނީ ސްޕެއިންގެ ބައެއް ވަޒީރުން އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ނަތަންޔާހޫ ބުނީ، ސްޕެއިން އިން ވަނީ ދުނިޔޭގައި އޮތް އެންމެ އަޚްލާގު ރަނގަޅު ސިފައިން ކަމަށްވާ އިޒްރޭލުގެ ސިފައިންގެ އަބުރު ކިލަނބުކޮށްފައި ކަމަށެވެ.

"ސްޕެއިންއިން ވަނީ ދުނިޔޭގެ އެންމެ އަޚްލާގީ ސިފައިން ކަމަށްވާ އިޒްރޭލުގެ ސިފައިންނަށް ބަދުބަސް ބުނެފައި. އަޅުގަނޑު މިހާރު ވާނީ ކިރްޔާތު ގާތްގައި ހުންނަ އަސްކަރީ ކޯޑިނޭޝަން ސެންޓަރުން ސްޕެއިން ބޭރުކުރުމަށް އަމުރުކޮށްފައި،" ނަތަންޔާހޫ ބުންޏެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ސްޕެއިންގެ މިނިސްޓަރު ސީރާ ރެގޯ ވަނީ އިޒްރޭލުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރެގޯ ވިދާޅުވީ ސްޕެއިންއިން ކުރަނީ ބަދުބަސް ބުނުމުގެ މަސައްކަތެއް ނޫން ކަމަށާއި، އެ ގައުމުން ކުރަނީ އިސްރާއީލުގެ ހަގީގަތް ބަޔާންކޮށްދިނުމުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ބަދުބަހެއް ނުބުނަން، އަޅުގަނޑުމެން މި ބަޔާންކޮށްދެނީ ތިޔަބޭފުޅުންގެ ހަގީގަތް. ހަގީގީ ސިފަ. ތިޔައީ ނަސްލު ނައްތާލުމުގެ މަސައްކަތްކުރާ، ކުށްވެރި ރެޖީމެއް. ލާއިންސާނީ ބައިގަނޑެއް. އަދި ތިޔަ ހުރިހާ އެންމެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ކުރިމައްޗަށް ހާޒިރުވާން ޖެހޭނެ،" ސީރާ ރެގޯ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އިޒްރޭލާއި ސްޕެއިންގެ މެދުގައި އޮތް ސިޔާސީ އަދި އަސްކަރީ ގުޅުންތަކަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ޚާއްސަކޮށް ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސްޕެއިންއިން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ.