އެމެރިކާއަކީ ބޮޑު ފަސާދައެއް، ދުނިޔެ ސުލްހަ ކުރުމުގެ ބަދަލު އަޅަނީ ހުރަސް: ސައުދީ
ގައުމުގެ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ އެހީތެރިކަމަށް އެދުނު ނަމަވެސް، އެގައުމުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދިން ކަމަށާއި އެމީހުން ބޭނުންބީ އިތުރަށް އެކަން ގޯސްކުރަން ކަމަށް ބުނެ އެމެރިކާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދެއްކެވި ދައުދީ އަރަބިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވީ، ސައުދީގެ ރިފައިނަރީއަށް ހަމަލާދިން ވަގުތު އެމެރިކާގެ އެހީތެރިކަމަށް އެދުނު ނަމަވެސް އެމީހުން އެހީތެރިކަން ނުދިން ކަމަށާއި ތިބީ ހަނު ކަމަށެވެ.
މީގެ އިތުރުން، މިހާރު އީރާނާއެކު އޮތް ނުތަނަވަސްކަން ކުޑަކޮށް ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ގަސްތުގައި ހުރަސްއަޅަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
Ads by BMLއެމެރިކާގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާއަކީ ހަނގުރާމައިގެ މައްޗަށް ބިނާވެފައިވާ އެމްޕަޔަރެއް ކަމަށާއި، ހަމަނުޖެހުމެއް ނެތި އެގައުމަށް ދެމިއެއް ނޯވެވޭނެ ކަމަށެވެ.
"އެމީހުން ބޭނުންވަނީ ހަނގުރާމަ. އެމެރިކާއަކީ 'ވޯ އެމްޕަޔަރ' އެއް؛ ހަމަނުޖެހުމާ ނުލައި އެގައުމަކަށް ސަވައިވްއެއް ނުވެވޭނެ،" އޭނާ ވިދާޅުވިއެވެ.
މި ބަޔާނަކީ ސަރަހައްދީ ސުލްހައަށް ކުރެވޭ މަސައްކަތްތަކުގައި އެމެރިކާގެ ދައުރާމެދު އޮތް ނުތަނަވަސްކަން ހާމަވެގެންދިޔަ ކަމެކެވެ. މިކަމާ ގުޅޭގޮތުން އެމެރިކާގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.
Ads by MACL
