އީރާނުން އެދުނު ގޮތަށް މަޝްވަރާއަށް ވަޑައިގަތީ އެމެރިކާގެ ނައިބުރައީސް
އިޒްރޭލާއި އެމެރިކާއިން އިސްވެ، އީރާނަށް ހަމަލަދީ ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުގެ މަންދޫބުންނާއި މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ނައިބު ރައިސް ޖޭޑީ ވެންސް ޕާކިސްތާނަށް ވަޑައިގަތުމަކީ މި ހަނގުރާމަ ނިންމަން ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމެއް ކަމަށް ދޭހަވާ ކަމަށް ބައިނަލްއަޤްވާމީ ރިޕޯޓުތައް ބުނެފިއެވެ.
އިސްލާމްއާބާދުގެ މަޝްވަރާގައި އީރާނުގެ ފަރާތުން ބައިވެރިވި ވަފުދުގައި މަޖިލިސް ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް އާއި ފޮރިން މިނިސްޓަރު އައްބާސް ޢަރާޤިޗީ ނިމެނޭ އިރު އަނެއްކޮޅުން އެމެރިކާއިން ފޮނުވީ ނައިބު ރައީސް ޖޭޑީ ވެންސް އާއި ޖޭރެޑް ކުޝްނަރއާއި ސްޓީވް ވިޓްކޯފް ފަދަ ބޭފުޅުންނެވެ.
މީޑިއާ ރިޕޯޓްސް ތަކުން ބުނާގޮތުގައި އީރާނާއި ވާހަކަ ދެއްކެވުމަށް ޓްރަމްޕުގެ ނައިބު ވަޑައިގަތުމަކީ ހަނގުރާމަ ކޮޅެއްގައި ޖެއްސުމަށް އެމެރިކާ އިން ބޭނުންވެފައިވާ މިންވަރު އަންގައިދޭ ކަމެއް ކަމަށާއި، އެމެރިކާގެ މަޤްޞަދަކީ ޑީލެއް ހަދައިގެން ވެސް ހުރްމުޒް ހުޅުވުމެވެ.
Ads by BMLއެމެރިކާގެ އޮފިޝަލުން ވެސް ފޯކަސް ކުރަނީ ކޮންމެ ކަހަލަ އެއްބަސްވުމެއްގެ ތެރެއިން ވެސް އީރާނުގެ ނިއުކްލިއާ ހަރަކާތްތައް ހުއްޓުވުމަށެވެ.
Ads by MACL
